ޚަބަރު

ގެއްލުނު ކޭޝް ކާޑަކުން ވިޔަފާރިކުރި ދެ މީހަކު ހޯދަނީ


ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކާޑެއް ބޭނުންކޮށްގެން ވަގަށް ވިޔަފާރުކުރިކަމަށް ތުހުމަތުކުރެވޭ 2 މީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުން ވިޔަފާރިކޮށްފައިވަނީ މިދިޔަ އޭޕްރިލްމަހު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މާސްޓަރ ޑެބިޓް ކާޑެއް ބޭނުންކޮށްގެންކަމަށެވެ. ފުލުހުން ވަނީ މީ މީހުން މި ކާޑުތައް ބޭނުންކޮށްގެން ވިޔަފާރު ކުރާ މަންޒަރު ފެންނަ ވީޑިއޯވެސް މިހާރު އާއްމުކޮށްފައެވެ.

ފުލުހުން އާއްމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި މި ދެމީހުން އެއްޗެހި ގަންނަން ވަދެ އުޅެނީ ހެދުން ވިއްކާ ފިހާރައެއްގައެވެ. މި ދެމީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާ އެމައުލޫމާތެއް ހިއްސާކުރެއްވުމަޑް ފުލުހުން އެދިވަޑައިގަންނަވައެވެ.