ކޮރަޕްޝަނާއި ގުޅުން ހުރި މައްސަލަތަކުގައި މިއަހަރު އެންމެ ގިނައިން ދައުވާ ކުރަން ފޮނުވާފައިވަނީ ނާޖާއިޒު ފައިދާ ހޯދާދިނުމުގެ ކުށުގެ މައްސަލަތައްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކުރައްވައިފިއެވެ.އެ ކޮމިޝަނުން މިއަދު އާއްމުކުރެއްވި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ތަހްޤީޤު ނިންމާ، ވިހި މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދިވަޑައިގެން ޕީޖީ އޮފީހަށް ފޮނުއްވާފައިވެއެވެ. އޭގެތެރެއިން ދިހަ މައްސަލައަކީ ނާޖައިޒް ފައިދާ ހޯދާދިނުމުގެ ކުށުގެ މައްސަލަތައްކަމަށް އޭސީސީން ހާމަކުރައްވައެވެ.އޭސީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ކޮމިޝަނުން ދެވަނަ އަށް އެންމެ ގިނައިން ތަހްގީގްކޮށް ނިންމަވާ ދައުވާކުރަން ފޮނުއްވާފައިވަނީ ނާޖާއިޒް ފާއިދާ ހޯދުމުގެ މައްސަލަތަކެވެ. މިގޮތުން ނާޖާއިޒް ފައިދާ ހޯދުމުގެ ފަސް މައްސަލައެއް ޕީޖީ އޮފީހަށް ފޮނުއްވާފައިވޭ. މީގެއިތުރުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ތިން މައްސަލައަކާއި އަމިއްލަ ފައިދާ ލިބޭ ގޮތަށް ސަރުކާރުން ތަކެތި ހޯދުމުގެ އެއް މައްސަލަވެސް ހިމެނެއެވެ.ދޮގު މައުލޫމާތުދިން މައްސަލައެއްގައިވެސް ދައުވާކުރުމަށް އޭސީސީން މިއަހަރުގެ ތެރޭގއި ޕީޖީ އޮފީހަށް ހުށައަޅުއްވާފައިވެއެވެ.