ޚަބަރު

އިނގިރޭސިރާނީގެ އެވޯޑެއް ދިވެއްސަކަށް !


މުޖުތަމަޢަށް އެކި
ރޮނގުތަކުން ޚިދުމަތްކުރައްވާ ފަރާތްތަކަށް އިނގިރޭސި ރާނީ ކުއީން އެލިޒަބަތު
ދެއްވާ "ކުއީންސް ޔަންގް ލީޑަރ އެވޯޑް" އަށް ފުރަތަމަ ފަހަރަށް
ދިވެއްސަކު ހޮވިއްޖެއެވެ.



މިއެވޯޑް ރާއްޖެއިން
މިފަހަރު ލިބެނީ ވިމެން އޮން ބޯޑްގެ ސެކްރެޓަރީ ޖެނެރަލް ސަފްއަތު އަހުމަދު
ޒާހިރަށެވެ.



އުމުރުން 19
އަހަރާއި 29 އަހަރާއި ދެމެދުގެ ޒުވާނުންނަށްދޭ މިއެވޯޑް ކޮމަންވެލްތް ޤަޢުމުތަކުން
މުޖުތަމަޢަށް ޚިދުމަތްކުރާ 60 ފަރާތަކަށް ލިބެއެވެ.



އެވޯޑް ލިބޭ
ފަރާތްތަކަށް އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަރސިޓީން ކުރިއަށްގެންދާ
ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތާއި، އިނގިރޭސިވިލާތުގައި ހަފްތާއެއް ވަންދެން
މަޑުކުުރުމާއި، އެޤައުމުގެ ބޮޑުވަޒީރާއި މަތީފަންތީގެ އިސް ބޭފުޅުންނާއި
ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.



އެވޯޑް ރަސްމީކޮށް
ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހު ބަކިން ހަމް ޕެލަސްގައި
ބާއްވާ ރަސްމިއްޔާތެއްގައެވެ. އެވޯޑް ލިބޭ ފަރާތްތަކަށް އެވޯޑް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ
ކުއީން އެލިޒަބަތެވެ.



މިފަހަރުގެ
މިއެވޯޑް ރާއްޖެ ހިމެނޭ އޭޝިޔާ ސަރަޙައްދުން ރާއްޖޭގެ އިތުރަށް 6 ޤައުމެއްގެ 8
ފަރާތަކަށް ލިބެއެވެ.