ތަޢުލީމު

އެވިޑް ކޮލެޖުން އެޑިއުކޭޝަން މިނިސްޓްރީއަށް 2 ސްކޮލަރޝިޕެއް ދީފި


އެވިޑް ކޮލެޖަށް 10 އަހަރު ފުރުމާއި ގުޅިގެން އެވިޑް ކޮލެޖުން އެޑިއުކޭޝަނަށް މާސްޓާސްގެ ދެ ސްކޮލަރޝިޕެއް ދެއްވައިފިއެވެ.އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި "އެޑިއުކޭޝަން މާރސްޓާސް ލީޑަރޝިޕް މެނޭޖްމަންޓް" ކޯސް ހަވާލު ކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަބްދުﷲ މުޝްތާގް ރަޝާދުއެވެ.އެޑިއުކޭޝަން މިނިސްޓްރީން މި ކޯސްތަކާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމްއެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، އެވިޑް ކޮލެޖުން އެ މިނިސްޓްރީ އާ މިއަދު ހަވާލުކުރެއްވި ދެ ސްކޯލާޝިޕް ފުރުސަތަކީ، މިހާރު ޕްރިސިޕަލުންގެ ގޮތުގައި ސްކޫލްތަކުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިއްމު ފުރުސަތެއް ކަމަށެވެ.