ކުޅިވަރު

ސާފް ގޭމްސްގެ އަމާޒަކީ ސެމީއަށް ދިއުން - ވޮލީ ކޯޗް


ކުރިއަށް އޮފް ސައުތް އޭޝިއަން ގޭމްސްގައި ގައުމީ
ވޮލީ ޓީމްގެ ފުރަތަމަ އަމާޒަކީ ސެމީފައިނަލަށް ދިއުންކަމަށް ގައުމީ ވޮލީ ޓީމްގެ ކޯޗް ތައިލެންޑުގެ ސުންޓޮން ފޮސީޓާ ބުނެފިއެވެ.

 މިއަންނަ
އަހަރުގެ ފެބްރުއަރީ މަހުގެ ފެށުމަށް ހަމަޖެހިފައިވާ ސައުތް އޭޝިއަން ގޭމްސްއަށް
ތައްޔާރުވުމަށް މިއަންނަ އާދިއްތަ ދުވަހު ގައުމީ ޓީމްގެ ފަރިތަކުރުންތަށް
ފެށުމަށްވަނީ ހަމަޖެހިފައެވެ. ގައުމީ ވޮލީ ކޯޗް ސުންޓޮން ފޮސީޓާބުނީ ނިމިގެންދިޔަ
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް މާ ރަގަނޅު ނަތީޖާތަކެއް
ހޯދިފައިނުވާކަމަށާ، އަދި އެމުބާރާތަށް ތައްޔާރުވެސް އެންމެ އެކަށީގެންވާވަރަށް
ނުވެވޭކަމަށެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ވުރެ ސާފް
ގޭމްސްގެ ޓީމްތަކުގެ ފެންވަރު ދަށް ނަމަވެސް މިމުބާރާތަކީވެސް
ރާއްޖެއަށް ވަރަށް އުނދަގޫ މުބާރާތަކަށް ވާނެކަމަށް ސުންޓޮން ފޮސީޓާބުންޏެވެ. ސާފް
ގޭމްސްގެ ސެމީ ފައިނަލަށް އުއްމީދު ކުރެވޭއިރު، މުބާރާތުގެ ކުރިން
ތައިލެންޑްކަހަލަ ގައުމްއެއްގައި މަދުވެގެން ވިހި ދުވަހުގެ ޓްރެއިނިންގް
ބޭނުންވާކަމަށާ އެފަދަ ޓެރެއިނިންގްއެއް ލިބިއްޖެނަމަ، ސިލްވާ ނުވަތަ
ބްރައުންޒްއަކަށްވެސް އުއްމީދު ކުރެވިދާނެކަމަށްވެސް ގައުމީ ވޮލީ ކޯޗް ސުންޓޮން
ފޮސީޓާބުންޏެވެ.

" މިއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ވުރެއް ފެންވަރުގެ ގޮތުން ދަށް މުބާރާތެއް. ނަމަވެސް މިސަރަހައްދުގެ އެއްވަނަ ޓީމްއަކީ އިންޑިޔާ އަދި ދެވަނަ ޓީމްއަކީ ޕާކިސްތާން. މިމުބާރާތަށް ދިއުމުގެ ކުރިން ރަގަނޅު ޓްރެއިނިންގެ އެއް، ނުވަތަ ތައިލެންޑްގައި މަދުވެގެން 20 ދުވަހުގެ ޓްރެއިނިންގްއެއް ލިބިއްޖެކަމަށްވާނަމަ، މުބާރާތުގައި ރަގަނޅު ހިސާބަކަށް ދެވިދާނެ. މާލޭގައި ޓްރެއިނިންގް ކުރިއަށް ގެންދިއުމަކީ ވަރަށް އުދަގޫ، އެންމެ އިންޑޯއެއް އޮންނައިރު، ހުރިހާ ކުޅިވަރެއް ބޭނުން ކުރަން މިޖެހެނީވެސް މިތަން އެކަނި، އެހެންވީމަ ރަގަނޅު ފަރިތަކުރުންތަށް ކުރިއަށް ގެންދެވޭނީ ގައުމުން ބޭރުގަ." ސުންޓޮން ފޮސީޓާ ބުންޏެވެ.