ޚަބަރު

ބ.ވައްކަރަށް ދިޔަ ބޯޓެއް ފުލުހުން ބަލާ ފާސްކުރަން ފަށައިފި


ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކުރައްވާފައިވާ ބ.ވައްކަރަށް ހިލައާއި ހިލަވެލި ހިފައިގެން ދިޔަ ބޯޓެ ފުލުހުން ބަލައި ފާސްކުރައްވަމުން އެބަގެންދަވައެވެ.ފުލުހުން ވިދާޅުވީ އެބޯޓު ބަލާ ފާސްކުރައްވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގަވާ އޮޕަރޭޝަނެއްގައި ކަމަށެވެ.މި އޮޕަރޭޝަން ކުރިއަށް ގެންދަވަނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، މެރިން ޕޮލިސް އަދި ކަސްޓަމްސް ގުޅިގެންކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ. ނަމަވެސް މިއޮޕަރޭޝަނާބެހޭ އިތުރު ތަފްޞީލް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.