ޚަބަރު

ދެ މަސްދުވަހަށްފަހު އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވެއްޖެ


ދެ މަސްދުވަހަށްފަހު އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވެއްޖެއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 46,759 މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށެވެ. އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވަނީ ފާއިތުވި ހަފުތާތަކުގައި ބަލިޖެހުނު މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށަށް ދިޔުމަށްފަހުއެވެ. އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަވަނީ 32.7އަށްވުރެ އިތުރުވެފައެވެ. އަދި ބަލިމަޑުގައި 437,370 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި 509 މީހުން ހިމެނެއެވެ.

އިންޑިޔާގައި ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސްވެފައިވަނީ ކެރަލާގައެވެ. އެ ގޮތުން އިންޑިޔާގައި ކޯވިޑް-19 ޖެހޭ 70 އިންސައްތަ މީހުންނަށް ބެލިޖެހިފައިވަނީ ކެރަލާއިންނެވެ. އެ ސުޓޭޓުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވަނީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ދީނީ ތަފާތު ޙަފުލާތައް ބޭއްވުމުންކަމަށް ޞިއްޙީ މާހިރުން ބުނެފައިވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި ރެކޯޑު ޢަދަދެއްގެ މީހުންވަނީ ކޯވިޑް-19ގެ ވެކްސިން ޖަހައިފައެވެ. އެ ގޮތުން އެ ޤައުމުގައި އެއް ދުވަހުގެ މަތިން 10 މިލިޔަން މީހުންވަނީ ވެކްސިން ޖަހައިފައެވެ. 1.3 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވަނީ 10 އިންސައްތަ މީހުންނެވެ.