ޚަބަރު

ރާއްޖެއައި ބްރެޒިލް މީހެއްގެ އަތުން 16 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި


ބްރެޒިލް އިން ރާއްޖެއައި ރައްޔިތެއްގެ އަތުން 16 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މިމަހުގެ 18ވަނަ ދުވަހު ވައިގެ މަގުން ބްރެޒިލްއިން ރާއްޖެ އައި އެޤައުމުގެ އުމުރުން 29 އަހަރުގެ ބްރެޒިލް އަންހެނެއްގެ ޢަމަލުތައް ހުރިގޮތުން އެމީހާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ.

އަދި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 16.723 ކިލޯގްރާމް ހުރި ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 83,000,000.000 (އަށްޑިހަ ތިން މިލިއަން) ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

މިމައްސަލައިގައި ޝާމިލްވާ ފަރާތާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއެވެ.