ޚަބަރު

ޗެންނާއީގައި ތިބި 9 ދިވެއްސަކު ޓްރިވެންޑްރަމަށް ބަދަލުކޮށްފި


އިންޑިއާގެ ޗެންނާއީގައި ތިބި 9 ދިވެއްސަކު ޓްރިވެންޑްރަމަށް ބަދަލުކޮށްފައިވާ ކަމަށް ރާއްޖޭގެ ޚާރިޖިއްޔާއިން ހާމަކުރައްވައިފިއެވެ.ޚާރިޖިއްޔާއިން މިކަން ހާމަކުރައްވާފައި ވަނީ އެ ވުޒާރާ ކުރައްވާފައިވާ ޓްވީޓެއްގައެވެ.ޗެންނާއީ އަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 280އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ފެންބޮޑު ވެފައިވާ ސަރަހައްދުތަކުގެ އާއްމު ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ސަލާމަތީ ހިދުމަތްތައް ދޭ ފަރާތްތަކުން ބުނެފައިވާ އިރު، ގިނަ ސަރަހައްދުތަކަށް އަދިވެސް ކަރަންޓުގެ ހިދުމަތް ނުލިބެއެވެ. އެހެންނަމަވެސް ރޭލުގެ ދަތުރުތާކާއި ވައިގެ ދަތުރުފަތުރުތައްވަގުތީ ގޮތުން މިހާރު ވަނީ ފަށާފައެވެ.މީގެ އިތުރުން މިއަދަކީ ބަންދު ދުވަހެއް ނަމަވެސް ބެންކުގެ ހިދުމަތް ދިނުމަށްޓަކާ މިއަދު ވެސް ބޭންކް ތައް ހުޅުވާ ޚިދުމަތް ދެމުންގެންދާކަމަށް ޚަބަރު ލިބެއެވެ.