ކުޅިވަރު

ސިންގަލްސް ޗެމްޕިއަންކަން އަޖުފާން އަދި އަފްނާން ހޯދައިފި


ސާޅީސް ދެވަނަ ގައުމީ މައިލޯ ބެޑްމިންޓަން
މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު އަޖުފާން
ރަޝީދު ހޯދައިފިއެވެ. އަޖުފާން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އަހުމަދު ތޯއިފް
މުހައްމަދު ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ.

ގައުމީ މުބާރާތުގެ 8ވަނަ އަތޮޅު ލީގްގެ
ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ހުސައިން މުޙައްމަދެވެ. ހުސައިން
ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލްގައި އަބްދުﷲ މުތީއުގެ މައްޗަށް ދެ ސެޓު
އެއް ސެޓުން ކުރި ހޯދައިގެނެވެ.

މި މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން
ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު އަފްނާން ރަޝީދެވެ. އެއީ ފައިނަލްގައި
މައިޝާ ފަތުހުﷲ ބަލިކޮށްގެންނެވެ. މުބާރާތުގެ ފުރަތަމަ ޑިވިޝަން މިކްސް ޑަބަލްސް
ޗެމްޕިއަންކަން ހޯދީ އިބްރާހިމް ޝާމިއު އަދި ނީލާ އަހުމަދު ނަޖީބްގެ ޕެއަރއެވެ.  ޝާމިއު އަދި ނީލާގެ ޕެއާރ ފައިނަލްގައި ކުރި ހޯދީ
އައިޝަތު އަފްނާން ރަޝީދު އަދި މުހައްމަދު އަޖުފާން ރަޝީދުގެ ޕެއަރއާ ވާދަކޮށެވެ.

ފުރަތަމަ ޑިވިޝަން އަންހެން ޑަބަލްސް
ޗެމްޕިއަންކަން ހޯދީ އައިޝަތު އަފްނާން ރަޝީދު އަދި ނީލާ އަހުމަދު ނަޖީބްގެ ޕެއަރއެވެ. ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުޙައްމަދު
ސާރިމް އަދި ހުސައިން ޒަޔާން ޝަހީދް ޒަކީގެ ޕެއަރއެވެ. މިބައިގެ ދެވަނަ ޕެއަރ އަކީ
ހުސައިން ރިފާއު އަދި އަހުމަދު ވަސީމެވެ.



ދެ ވަނަ ޑިވިޝަން ފިރިހެން
ސިންގަލްސް ޗެމްޕިއަންކަން ހޯދީ އާސިފް އާދަމް މަނިކެވެ. އާސިފް ޗެމްޕިއަންކަން ހޯދީ
ފައިނަލުގައި އަހުމަދު ހާލިދު ބަލިކޮށްގެންނެވެ. ދެވަނަ ޑިވިޝަން އަންހެން ސިންގަލްސް
ޗެމްޕިއަންކަން ނާޒިމާ މުހައްމަދު ބަލިކޮށް ހޯދީ ނަފްހާ ނަސްރުﷲއެވެ. ދެވަނަ ޑިވިޝަން ފިރިހެން
ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަބްދުﷲ އަހުމަދާއި މުހައްމަދު ސައީދުގެ ޕެއާރއެވެ. އަންހެން
ޑަބަލްސް ޗެމްޕިއަންކަން ހޯދީ ރާބިއާ ނައީމް އާއި ސަފާތު އަހުމަދު ޒާހިރުގެ ޕެއާރއެވެ.
މިކްސް ޑަބަލްސް ކާމިޔާބުކުރީ އިސްމާއިލް ޒުހުރީ އާއި ރާބިއާ ނާއީމްގެ ޕެއަރއެވެ.


8ވަނަ އަތޮޅު ލީގެ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން
ހޯދީ ޝިފްނާ ހުސެއިންއެވެ. ޝިފްނާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އައިޝަތު
އިބްރާހިމްގެ މައްޗަށް ކުރިހޯދައިގެންނެވެ. އަތޮޅު ލީގުގެ ފިރިހެން ޑަބަލްސް
ޗެމްޕިއަންކަން މުހައްމަދު އިކުރާމާއި ހުސެއިން މުހައްމަދުގެ ޕެއާރ ހޯދިއިރު،
އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޝިފްނާ  ހުސައިން އަދި އައިޝަތު އިބްރާހިމްގެ ޕެއާރއެވެ.
އަތޮޅު ލީގުގެ ި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަހުމަދު ޝިފާއު އާއި ޝިފްނާ
ހުސައިންގެ ޕެއާރއެވެ. 

މައިލޯ 42ވަނަ ގައުމީ ބެޑްމިންޓަން މުބާރާތާއި 8ވަނަ އަތޮޅު ލީގުގެ ވަނަވަނައަށް އައި ކުޅުންތެރިންގެ އިތުރުން މުބާރާތުގައި
ބައިވެރިވި ޓީމްތަކާއި، އޮފިޝަލުންނަށްވެސް ރޭވަނީ ހަނދާނީ ލިޔުން ދީފައެވެ.