ޚަބަރު

ފުލުހުން ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި


އެކި ފަހަރުމަތިން ފުލުހުން ހިންގާފައިވާ ތަފާތު އޮޕަރޭޝަންތަކުގައި އަތުލައިގަނެފައިވާ ގިނަ އަދެދެއްގެ ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން މިތަކެތި ނައްތާލާފައިވަނީ މީޑިއާގެ ހާޒިރުގައި މިއަދު ދޫނިދޫގައެވެ. ފުލުހުން ނައްތާލާފައިވަނީ 2012 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ނިޔަލަށް ފުލުހުން ހިންގާފައިވާ 26 އޮޕަރޭޝަނެއްގައި އަތުލައިގަނެފައިވާ ބަނގުރާ ކަމަށާއި، މި 26 އޮޕަރޭޝަނަކީ ޝަރީޢަތުގެ މަރުހަލާ ނިމިފައިވާ އޮަޕަރޭޝަންތަކެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.އެގޮތުން ފުލުހުން މިއަދު ނައްތާލިތަކެތީގެ ތެރޭގައި ބަނގުރާ އަޅާފައިހުރި 75 ހަމާއި، 153 ބަނގުރާ ފުޅިއާއި، އެއް ދަޅު ބިޔަރު ހިމެނެއެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 16 އެއްޗެއް ފުލުހުން މިއަދު ވަނީ ނައްތާލާފައެވެ.މިއަދު ނައްތާލެވުނު މިތަކެތީގެ ތެރޭގައި ހިމެނެނީ 2012 ވަނަ އަހަރު ފުލުހުން ހިންގި އެއް އޮޕަރޭޝަނަކާއި، 2013 ވަނަ އަހަރު ހިންގި ދެ އޮޕަރޭޝަނަކާއި، 2014 ވަނަ އަހަރު ހިންގި 15 އޮޕަރޭޝަނަކާއި، 2015 ވަނަ އަހަރު ހިންގި އަށް އޮޕަރޭޝަނަކުން ފުލުހުން އަތުލައިގަނެފައިވާ ބަނގުރާކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.