ވިޔަފާރި

މިއަހަރުގެ މިހާތަނަށް 31 ފޮރިން އިންވެސްޓްމެންޓަށް ހުއްދަ ދީފި


މިއަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ނޮވެމްބަރ 30 ވަނަ ދުވަހުގެ ނިޔަލަށް 31 ފޮރިން އިންވެސްޓްމެންޓް އެޕްރޫވްކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، ޑިސެމްބަރ މަހުގެ ނިޔަލަށް އެޕްރޫވްކުރި ފޮރިން އިންވެސްޓްމެންޓް ތަކުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭ 1.3 ބިލިއަން ޑޮލަރު ރާއްޖޭގައި އިންވެސްޓް ކުރާނެކަމަށެވެ. އަދި މީގެތެރެއިން 80 އިންސައްތައަކީ ޓުއަރިޒަމްގެ ސިނާޢަތަށް ކުރާ އިންވެސްޓްމެންޓް ކަމަށް ވިސާމް ވިދާޅުވިއެވެ."މީގެތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓަކީ ޓުއަރިޒަމް ސިނާޢަތުގަ ހަރަކާތްތެރިވާ ފަރާތްތައް، އޭގެއިތުރުން މިއުޅެނީ ހޯލްސޭލް ޓްރޭޑްގަ ހަރަކާތްތެރިވާ ފަރާތްތައް އޭގެތެރޭގައި ކޮންސިއުމަރ އިލެކްޓްރޯނިކްސް އަދި އެކިކަހަލަ ރޯމެޓީރިއަލްސް، ކޮންސްޓްރަކްޝަން ސެކްޓަރ އަށް ބޭނުންވާ ރޯމެޓީރިއަލްސް ޕްރޮވައިޑް ކޮށްދޭ ފަރާތްތައް ހިމެނޭ. ދެން މަދުން ނަމަވެސް ކޮންސަލްޓެންސީ ފަރމް ތައް ރަޖިސްޓްރީ އެބަކުރޭ" ވިސާމް ވިދާޅުވިއެވެ.މިއަހަރުގެ މިހާތަނަށް ހުއްދަދެވިފައި ވާ ފޮރިން އިންވެސްޓްމަންޓް ތަކުން ޖުމްލަ 800 ވަޒީފާ މުޅިންއަލަށް އުފެދޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.