ޚަބަރު

ޚިދުމަތް ނުހޯދާތީ ތުލުސްދޫގައި ހުންނަ ކަސްޓަމްސް އޮފީސް ބަންދުކޮށްފި


ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ކ. ތުލުސްދޫގައި ގާއިމްކުރެވިފައިވާ ކަސްޓަމްސް އޮފީހުން، މުދާ އެކްސްޕޯރޓްކުރާ ފަރާތްތަކުން ޚިދުމަތް ނުހޯދާތީ އެ އޮފީސް ބަންދުކޮށްފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ ތުލުސްދޫގައި ކަސްޓަމްސްގެ ޚިދުމަތް ޤާއިމް ކޮށްފައިވަނީ އެ ރަށުގައި ހިކި ކަނޑުމަސް ރައްކާކުރުމާއި ބަންދުކޮށް ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ގިނަ ފަރާތްތަކުން ކުރަމުންދިއުމާއި ގުޅިގެން މަސް އެކްސްޕޯރޓް ކުރާ ފަރާތްތަކަށް ކަސްޓަމްސްގެ ޚިދުމަތް ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށްކަމަށެވެ.

ނަމަވެސް 7 އަހަރުގެ ތެރޭގައި އެ ރަށުން ޚިދުމަތް ނުހޯދުމާ ގުޅިގެން އެރަށުގައި ގާއިމްކުރެވިފައިވާ ކަސްޓަމްސް އޮފީހުގެ އޮޕަރޭޝަންތައް ފާއިތުވި އަހަރުތަކުގައި ވަނީ އެއްކޮށް ހުއްޓިފައިކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަދި އެކްސްޕޯޓް ކްލިއަރަންސް މަރުހަލާގައި ހަރަކާތްތެރިވާ އެހެނިހެން ކަމާއިގުޅޭ ރަސްމީ އިދާރާތައްވެސް މިހާރު ތުލުސްދޫގައި ޤާއިމްވެ، ޚިދުމަތް ދިނުމުގެ ބަދަލުގައި ރަސްމީ ބަނދަރުތަކަށް ބަދަލުވެފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ކަސްޓަމްސް އިން ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި މާލޭ ކޮމާޝަލް ހާބަރާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ދެމުންދާ ޚިދުމަތްތައް ވަރަށް ބޮޑަށް ފުޅާވެ ތަރައްޤީ ކުރެވިފައިވުމާއެކު، މާލެއާއި ކައިރި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުންދާ، މުދާ އެކްސްޕޯރޓްކުރާ ފަރާތްތަކުން ރަސްމީ ބަނދަރުތަކުން ޚިދުމަތް ހޯދުން އިތުރުވެފައިވާކަމަށެވެ.