ޚަބަރު

މި އެކައުންޓްތަކަށް އޮޅުވާލައިގެން ފައިސާ ޖަމާކޮށްފައިވާނަމަ ފުލުހުންނަށް އެންގުމަށް އަންގައިފި


މީހުންނަށް އޮޅުވާލައިގެން، މަކަރާއި ހީލަތުން ފައިސާ ޖަމާކުރުވާފައިވާ އެކައުންޓްތަކެއްގެ ތަފްސީލް ފުލުހުން އާއްމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެކި ފަރާތްތަކުން ބޭނުންކުރަމުންގެންދާ ފޭސްބުކް އެކައުންޓްތައް ހެކްކޮށް، އެ އެކައުންޓްތަކުގެ ވެރިފަރާތުގެ ނަމުގައި އެކިއެކި ފަރާތްތަކާއި މުޢާމަލާތްކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންގެންދާ މައްސަލަތަކެއް ތަހުގީގު ކުރަމުންދާކަމަށެވެ. އެގޮތުން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އޮޅުވާލައިގެން ފައިސާ ޖަމާކުރުވާފައިވާ އެކައުންޓްތައްކަމަށް ފާހަގަ ކުރެވިފައިވާ އެކައުންޓްތަކެއްގެ ނަމްބަރު ފުލުހުން ވަނީ އާއްމުކޮށްފައެވެ.

އޮޅުވާލައިގެން ފައިސާ ޖަމާކުރުވާފައިވާ އެކައުންޓްތައް
- 7730000304660
- 7730000089422
- 7730000042772
- 7730000364429
- 7730000203888
- 7770000000544

ފުލުހުން ވިދާޅުވީ މިގެއިން އެކައުންޓަކަށް ނުވަތަ އެކައުންޓްތަކަކަށް ފައިސާ ފޮނުވައި، ކުށުގެ ޝިކާރަކައަކަށް ވެފައިވާ އިތުރު ފަރާތްތަކެއް ވާނަމަ އެކަން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ދަންނަވާކަމަށެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުން ވިދާޅުވެއެވެ.