ދުނިޔެ

މިޞްރުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު


މިޞްރުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި، ރައީސް އަބްދުލް ފައްތާޙް އަލް ސީސީއަށް ތާއީދުކުރައްވާ މެންބަރުން ހިމެނިވަޑައިގަންނަވާ އިއްތިޙާދަކުން މަޖިލީހުގެ އަޣްލަބިއްޔަތު ހޯދައިފިއެވެ.މިޞްރުގެ ޤާނޫނުހަދާ މަޖިލީހުގެ ފަސްދޮޅަސް ގޮނޑި - ފޮރ ދަ ލަވް އޮފް އިޖިޕްޓުން ހޯދާފައިވުމުން، މި ކާމިޔާބީއާއެކު ރައީސް އަބްދުލް ފައްތާޙް އަލް ސީސީއަށް މިޞްރުގެ ޤާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ލިބިގެންދާނެއެވެ. އެހެންނަމަވެސް، އިންތިޚާބުގެ ކަންކަން ބަލަމުންދިޔަ ބައެއް ބޭފުޅުން ވިދާޅުވީ އިންތިޚާބު ތެރޭ ހިފެހެއްޓުންތައް ގިނަކަމަށާ، އިންތިޚާބު ބޭއްވުނު ދަނޑިވަޅަކީ އެހާ މުނާސަބު ވަގުތެއް ނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން މި އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފައިވެދާނެ ކަމަށްވެސް އެފަރާތްތަކުން ހާމަކުރެއެވެ.