ޚަބަރު

ދިއްދޫ ޤުރުއާން މުބާރާތް - 1ވަނަ ޖައުދާއާއި ނުޒުލާއަށް


ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ބާއްވަމުންދާ ޤުރުއާން މުބާރާތުގެ ނުބަލާ ކިޔެވުމުގެ ބައިން އެއްވަނަ ޖައުދާ ޒަކީ އަދި ބަަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ނުޒްލާ އިސްމާޢީލް ރަޝީދު ހޯދައިފިއެވެ. މި ދެދަރިވަރުންނަށްވެސް ވަނީ ކޮންމެ ދަރިވަަރަކަށް އެއްލައްކަ ރުފިޔާގެ ނަގުދު ފައިސާގެ އިނާމެއް ލިބިފައެވެ. ރޭ ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި މި ދަރިވަރުންނަށް އިނާމްތައް ހަވާލުކޮށްދެއްވީ، ޝަރަފްވެރި މެހެމާން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާ އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒިޔާދު ބާގިރެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ޢިލްމާ ކައިރިވާން ޒުވާނުންކުރާ މަސައްކަތަށް މި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށެވެ. މިދިޔަ ރަމަޟާން މަހު ކުރިއަށްގެންދިޔަ ޤުރުއާން  މުބާރާތުގައި ދިިއްދޫ ދާއިރާގެ އިތުރުން ހއ އަތޮޅުގެ އިތުރު ހަތަރު ރަށަކުން ބައިވެރިވި ފަނަރަ ދަރިވަރުންނާއެކު ޖުމްލަ 194 ބައިވެރިންް ޤުރުއާން ކިޔަވާފައިވެއެވެ. ރޭ ބޭއްވި ރަސްމިއްޔާތުގައިވަނީ މި މުބާރާތުން އެކި ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމް ދީފައެވެ.