ގއ.ދާންދޫގައި ހަށި ވިއްކަމުންދާ ކަމުގެ މައްސަލާގައި 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނެފައިވަނީ ދާންދޫގައި ހަށި ވިއްކާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކޮށް 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ފުލުހުންގެ ބަލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި، 20 އަހަރުގެ ދިވެހި އަންހެނަކާއި، 24 އަހަރުގެ ދިވެހި އަންހެނަކާއި، 30 އަހަރުގެ ދިވެހި އަންހެނަކާއި، 39 އަހަރުގެ ދިވެހި ފިރިހެނަކާއި، 25 އަހަރުގެ ބިދޭސީ ފިރިހެނަކާއި، 26 އަހަރުގެ ބިދޭސީ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ ބިދޭސީ ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ.
މިމައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.