ޚަބަރު

ވެން ޑައިކް 2025ވަނަ އަހަރާއި ހަމައަށް ލިވަޕޫލްގައި މަޑުކުރަނީ


ނެދަލަންޑްސްގެ ތަޖްރިބާކާރު ޑިފެންޑަރ ވަރޖިލް ވެން ޑައިކްއަށް ލިވަޕޫލްގައި 2025ވަނަ އަހަރާއި ހަމައަށް މަޑު ކުރުމަށް ނިންމައިފިއެވެ.

ލިވަޕޫލްގެ އެންމެ މުހިންމު އެއް ޑިފެންޑަރު ވަރޖިލް ވެން ޑައިކް މީގެ ކުރިން ޕިވަޕޫލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ ދެ އަހަރުއެވެ. ނަމަވެސް އަލަށް އަލަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން ވެންޑައިކް އިތުރު ދެ އަހަރު އެކުލަބްގައި މަޑުކުރާނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ގިނަ ދުވަސްތަކެއް ވަންދެން ދުރުގައި ހުރުމަށްފަހު ވެން ޑައިކް އަންނަނީ އެނބުރި ކުޅުމުގެ ތެރެއަށް އާދެވެތޯ މަސައްކަތް ކުރަމުންނެވެ.

ލިވަޕޫލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާ ވެން ޑައިކް މިދިޔަ އަހަރު ކުޅެފައިވަނީ ފަސް ލީގް މެޗްއެވެ.

ލިޕަޕޫލްއާއެކު އިތުރު ދެ އަހަރުގެ މަޑު ކުރުމަށް ނިންމާ އާއެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ވެން ޑައިކް ބުނީ ކުލަބްއާއެކު އާ އެއްބަސްވުމެއްގައި ސޮއި ކުރެވުމުން ވަރަށް އުފާވާކަމަށާއި އަދި ކުލަބް ސީނިއަރ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ކުލަބްގައި މަޑު ކުރުމަށް ލިބުމާއެކު ވަރަށް ހިތްހަމަޖެހޭކަމަށެވެ.

ނެދަލަންޑްސް ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ވެން ޑައިކް ވަނީ ޕިލަޕޫލަށް 130 މެޗް ކުޅެދީފައެވެ.