ޚަބަރު

ބިއެލްސާ ލީޑްސްގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމައިފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ލީޑްސް ޔުނައިޓެޑްގެ ތަޖްރިބާކާރު ކޯޗް މާސެލޯ ބިއެލްސާ އެކްލަބްގައި އިތުރު އެއް އަހަރު މަޑު ކުރަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގެ ދަށުން މިސީޒަން ނިމެން ދެން ބިއެލްސާ ލިޑްސްގައި މަޑު ކުރާނެއެވެ.

އާސީޒަންގައި މާދަމާ މެންޗެސްޓަރ ޔުނައިޓެޑާއި ކުރިމަތިލާން ތައްޔާރުވަމުން ދިޔައިރު ބިއެލްސާ ލިޑްށްއާއެކު ހަދާﷲައިވި އެއްބަސްވުން އޮތީ ހަމަވެފައެވެ. ބިއެލްސާ ލީޑްސްއާ ގުޅިފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި 16 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ޕްރިމިއަރ ލީގުން އަލުން ލީޑްސްއަށް ފުރުސަތު މިދިޔަ ސީޒަންގައި ހޯދާދިނުމުގައި ބިއެލްސާވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މިދިޔަ ސީޒަންގައިވެސް ލީޑްސް ފެނިގެންދިޔައީ ވާދަވެރި ރީތި ކުޅުމެއް ކުލެމުންދިޔަ ފާހަގަކޮށްލެވުނު ޓީމެއްގެ ގޮތުގައެވެ. މިގޮތުން މިދިޔަ ސީޒަން ލީޑްސް ނިންމާލީ ލީގުގެ 9 ވަނައިގާ އޮވެގެންނެވެ.

އާ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ބިއެލްސާ ހާމަކުރިގޮތުގައި އޭނާ ހަތަރު ވަނައަހަރަކަށް ލީޑްސްގައި މަޑު ކުރަން ނިންމުމުގައި ކްލަބްގެ ވެރިން ލިޑްސްގެ ޓްރެއިނިންގ ފެސިލިޓީ އާއި އެހެން ކަންތައްތަކަށް އިންވެސްޓް ކުރުމުގައި ކުރަމުންދާ މަސައްކަތް ވަރަށް މުހިންމު ދައުރެއް އަދާކުރިކަމަށެވެ. އަދި މިއީ ފާހަގަކޮށްލެވޭ ކްލަބެއް ކަމަށްވެސް އޭނާ ހާމަކުރިއެވެ.