ވިޔަފާރި

ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދައާގުޅޭ ސާރވޭއެއް ކުރަނީ


ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދައާގުޅޭ ސާރވޭއެއް މަރުކަޒީ ބޭންކު، އެމްއެމްއޭއިން މިއަހަރުވެސް ކުރިއަށް ގެންދަވާ ގޮތަށް ހަމަޖައްސަވާފައިވާ އެމްއެމްއޭއިން ހާމަކުރައްވައިފިއެވެ. އެމްއެމްއޭއިން ވަނީ މިދިޔަ އަހަރުވެސް އެފަދަ ސާރވޭއެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިޔަށް ގެންގޮސްފައެވެ. މިސާވޭގައި، ދިވެހިން ދަތުރުކުރާ ޤައުމުތަކާއި، އެޤައުމުތަކުގައި ހޭދަކުރި މުއްދަތާއި، ޚަރަދުކުރި މިންވަރު އޮޅުންފިލުވާނެކަމަށް އެމްއެމްއޭއިން މައުލޫމާތުދެއްވައެވެ. އެމްއެމްއޭ އިން ބުނީ އެސާރވޭ ކުރިއަށް ގެންދަނީ ދިވެހިންނާއި، ބިދޭސީންނާ ދެމެދު ކުރާ އިޤްތިޞާދީ މުއާމަލާތްތަކާގުޅޭ ތަފާސް ހިސާބު ތައްޔާރު ކުރުމަށްބޭނުންވާ މައުލޫމާތު ހޯދުމަށް ކަމަށެވެ. ދިވެހިންނަށް އަމާޒުކުރައްވައިގެން ކުރިއަށްގެންދަވާ މިސާރވޭ މިމަހުގެ 18ން 24ށް އެއާރޕޯޓްގެ އެރައިވަލް ހޯލުގައި ކުރިއަށް ގެންދާނެ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއްވައެވެ.