ޚަބަރު

ވެކްސިން ނުޖަހަ ތިބި 5 މުދައްރިސަކު އެކަހެރިކޮށްފި


ވެކްސިން ނުޖަހައިގެން 5 މުދައްރިސަކު މަޤާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްކެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އަތޮޅު ތެރޭގެ 3 ސްކޫލެއްގެ މުދައްރިސުން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރުމުގެ ސަބަބުން ދަރިވަރުންނާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރި ނުކުރުމަށް އަންގާފައިވަކާމަށެވެ. އަދި އެ މުވައްޒަފުންނާ މެދު އިދާރީ ގޮތުން އަޅާނެ ފިޔަވަޅުތަކާ ގުޅެ ގޮތުން މަޝްވަރާތައް ކުރަމުން އަންނަކަމަށާއި އަޅާނެ ފިޔަވަޅުތައް ލިޔުމުން އެ ސްކޫލްއަކަށް އަންގާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މަޤާމުގެ މަސްޢޫލިއްޔަތުން އެކަހެރިކުރީ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ޓީޗަރުން ދެވަނަ ޑޯޒް ޖެހުމަށާއި އެއްވެސް ޑޯޒެއް ނުޖަހާ ޓީޗަރުން ފުރަތަމަ ޑޯޒް ޖަހަން މުހުލަތެއް ދިނުމަށްފަހުގައިކަމަށެވެ. އެގޮތުން މަހުގެ 10 ވަނަ ދުވަހުގެ ކުރިން ވެކްސިން ޖެހުމަށް އަންގާފައިވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއިއުކޭޝަން މިނިސްޓްރީން ވަނީ މުދައްރިސުން ވެކްސިން ޖެހުމަށް އަހުލުވެރިކުރުމުގެ ގޮތުން ޕްރޮގްރާމެއްވެސް ފަށާފައެވެ. މިނިސްޓްރީން ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް 90 އިންސައްތައަށް ވުރެ ގިނަ މުދައްރިސުން މިހާރު ފުރިހަމަކޮށްފައިވާކަމަށެވެ.

ބައެއް މުދައްރިސުންނަށް ފިޔަވަޅު އަޅާފައިވާއިރު މިނިސްޓްރީން ވަނީ އަންނަ މަހުން ފެށިގެން ދަރިވަރުން ފިޔަވައި، އެހެން މީހުން ސްކޫލްތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަކޮށްގެންކަމަށް ކަނޑައަޅާފައެވެ.