ޚަބަރު

ޖޯން ސްޓޯންސް ސިޓީ އާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ޑިފެންޑަރ ޖޯން ސްޓޯންސް އެކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށް އިތުރު ފަސް އަހަރު މަޑު ކުރަން ނިންމައިފިއެވެ. މިއެއްބައްވުމުގެ ދަށުން ސްޓޯންސް އެކްލަބްގައި 20126 ވަނަ އަހަރުގެ ސީޒަން ނިމެންދެން ހުންނާނެއެވެ.

ސްޓޯންސްވަނީ މިދިޔަ ސީޒަނގައި ސިޓީއިން ލީގު ތަށި ކާމިޔާބޫކުރިއިރު މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި އޭނާގެ ކުޅުން ވަރަށް ބޮޑު ތަނުން ރަނގަޅުކޮށް ޑިފެންސްގައި މޮޅު ކުޅުމެއް ދައްކާފައެވެ. 2016 ވަނަ އަހަރު އެވަޓަންއިން ސިޓީއަށް ބަދަލުވި ސްޓޯންސްވަނީ މިހާތަނަށް އެކްލަބަށް 168 މެޗް ކުޅެދީފައެވެ. އަދި މިދިޔަ ސީޒަންގެ ކުރިން އޭނާގެ ކުޅުން ދައްވުމުގެ ސަބަބުން މިދިޔަ ސީޒަން ފެށުމުގެ ކުރިން އެހެން ކްލަބަކަށް އޭނާ ހިނގައިދާނެކަމަށްވެސް ބެލވިގެންދިޔައެވެ. ނަމަވެސް މިދިޔަ ސީޒަން ފެށުމާއެކު އޭނާގެ ކުޅުންފެނިގެންދިޔައީ އާދަޔާ ހިލާފަށް މޮޅުކޮށެވެ. އަދި ސިޓީއަށް އަލަށް މިދިޔަ ސީޒަންގައި ގުޅުނު ރުބެން ޑިއާޒް އާއެކު އޭނާވަނީ ފަހަތުގައި ރަނގަޅު ޕާޓްނަރށިޕެއް ގާއިމް ކޮށްފައެވެ.

އާއެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ސްޓޯންސް ހާމަކުރިގޮތުގައި އޭނާ މިހިރީ ވަރަށް އުފަލުން ކަމަށާއި ޕެޕް ގާޑިއޯލާއާއއެކު މަސައްކަތް ކުރަން ލިބުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. އަދި ސިޓީ ޓީމްގެ ހިތްސާއަކަށް ވުމުން ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.

ސިޓީގައި މޮޅޭތި ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި ކުރިއަށް އޮތް ތާނގާވެސް ގިނަ ކާމިޔާބީތަކެއް ސިޓީއަށް ހޯދޭނެކަމަށް ގަބޫލް ކުރާކަމަށް އޭނާ ހާމަކުރިއެވެ.