ޚަބަރު

ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް އޮންނާނީ ގަލޮޅު ދަނޑު ނޫނީ ހުލުމާލޭ ދަނޑުގައި: އެފްއޭއެމް


މިއަހަރުގެ ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް މާލޭގެ ގަލޮޅު ބޯޅަ ދަނޑާއި ހުޅުމާލެ ސްޓޭއިއަމް ބަލަމުންދާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

މިއަހަރުގެ ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ރާއްޖޭއަށް ފުރުސަތު ލިބުނީ ނޭޕާލްއާއި ވާދަކޮށެވެ. މިސަރަހައްދުގެ ގައުމްތަކުގެ ކޯވިޑް-19ގެ ހާލަތު އޮތް ގޮތުންނާއި ރާއްޖޭގެ ހާލަތު ވަރަށް ބޮނޑަށް ރަނގަޅު ވަމުން އަންނަމުންދާތީ ރާއްޖެއަށް މިފުރުސަތު ލިބުނީ ކަމަށް ބެލެވެއެވެ. އަދި ރާއްޖޭގައި ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ކުރި ބިޑްއަށް އިންޑިޔާއިންވެސްވަނީ ތާއީދުކޮށްފައެވެ. ޕީއެސްއެމްއިން ގެނެސްދިން ކުޅިފަސް ޕްރޮގްރާމްގައި ވާހަކަދައްކަމުން އެފްއޭއެމްޖެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ ރާއްޖެއިން ސާފް ޗެންޕިއަންޝިޕް ކާމިޔާބު ކުރަން ކުރި ބިޑްގައި ގަލޮޅު ބޯޅަ ދަނޑުގެ އިތުރުން ހުޅުމާލެ ޓްރެކް ތެރޭގައި އަޅާފައިވާ ދަނޑުވެސް ހިމަނާފައިވާކަމަށް ޖަވާޒް ވިދާޅުވިއެވެ. ގަލޮޅު ބޯޅަ ދަނޑުގެ ހާލަތު އޮތް ގޮތުން މިހާރު އެދަނޑުގެ ދެ ސިޑި ބަރި ބޭނުން ނުކުރެވޭ ހާލަތުގައި އޮތްނަމަވެސް ކަމާއި ބެހޭ ފަރާތްތަކާއި ވާހަކަދައްކައިގެން، އެތަން މިހާރު ބަލަމުންދާކަމަށް ޖަވާޒް ވިދާޅުވިއެވެ.

މިމަހުގައި މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ މެޗްތަށް ކުރިއަށްދާނީ ކުޅިބެލުންތެރިން ނުވައްދާކަމަށް ވީނަމަވެސް، އޮކްޓޯބަރު މަހުގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕް ކުރިއަށްގެންދިއުމަށް ބޭނުންވަނީ ކުޅިބެލުންތެރިން ވައްދައިގެންކަމަށް ޖަވާޒް ވިދާޅުވިއެވެ. ނަމަވެސް ކުޅިބެލުންތެރިން ވައްދައިގެން މެޗްތަށް ކުޅެވޭނީ ރާއްޖޭގެ ކޯވިޑް-19ގެ ހާލަތު ރަނގަޅުކޮށްގެންކަމަށާއި އެފްއޭއެމްގެ އެދުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ވެކްސިންގެ ދެ ޑޯޒްޖަހައިގެން، ރާއްޖޭގެ ކޭސްތަށް ވީހާވެސް މަދުކުރުމަށް މަސައްކަތް ކުރުމެވެ. ކޯވިޑް-19ގެ ކޭސްތަށް މަދުވުމަކީ ވިހާވެސް ގިނަ ކުޅިބެލުންތެރިން ދަނޑަށް ވެއްދުމަށް ލިބޭނެ ވަރަށް ބޮޑު ހިއްވަރަކަށް ވެގެންދާނެކަމެއްކަމަށާއި އަމިއްލަ ގައުމްތަކައި މިފަހަރުގެ ސާފެ ޗެންޕިއަންޝިޕް ބޭއްވިގެން ދިއުމަކީ ރާއްޖޭގެ ގައުމީ ޓީމްއަށްވެސް ލިބޭނެ ވަރަށް ބޮޑު ހިއްވަރެއްކަމަށް ޖަވާޒް ވިދާޅުވިއެވެ.

މިހާރުވެސް އެންމެ ބޮޑު އިސްކަމެއްދީގެން އެފްއޭއެމްއިން ކުރަމުންދާ މަސައްކަތަކީވެސް ދަނޑުގެ ހާލަތު ރަނގަޅު ކުރުމެގެ މަސައްކަތްކަމަށާއި އިންޖިއަރުންނާއި ވާހަކަދައްކައިގެން އެމަސައްކަތް މިހާރު ކުރިއަށްދާއިރު، ހުޅުމާލޭގެ ދަނޑުވެސް ކުޅެވޭ ހާލަތަކަށް ގެނައުމަށް ކުރަންޖެހޭ މަސައސްކަތް މިހާރު ކުރަމުންދާކަމަށް ޖަވާޒް ވިދާޅުވިއެވެ.

ފަސް ގައުމު ކުޅޭނަމަ ސާފްގެ ވިސްނުމަކީ މި ފަހަރުގެ މުބާރާތް ލީގު އުސޫލުން ކުޅުމެވެ. އެކަމަކު، ބޫޓާން ކުޅޭނަމަ މި ފަަހަރުގެ ސާފްގެ މެޗުތައް ކުރިއަށްދާނީ ހަ ގައުމުގެ މެދުގައި ދެ ގްރޫޕަށް ބަހާލައިގެންނެވެ. އެއީ ރާއްޖެ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ސްރީ ލަންކާ އަދި ބޫޓާންގެ މެދުގަ އެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ވަނީ ދެ ވަނަ ފަހަރަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.