ކާމިޔާބު އެމެރިކަން ޑޭ ޓައިމް ވެރައިޓީ ކޮމެޑީ ޓޯކް ޝޯ "ދަ އެލެން ޑީ ޖެނެރސް" ގެ ފަހު ޝޯ ފެށުމަށް މިހާރުވަނީ ހުރިހާ ތައްޔާރީތައްވެފައެވެ.
ޝޯގެ ހޯސްޓް އެލެން ބުނީ އެންމެ ފަހު ސީޒަންގައިވެސް ފެންނާނީ ހަމަ ކުރީގެ ޝޯތަކުން ފެނިގެންދިޔަ ކޮންޓެންޓެވެ. މިގޮތުން ސެލިބްރިޓީންގެ އިންޓަރވިއުތަކާއި، މިޔުޒިކަލް ޕާރފޯމޭންސް، ޓޮޕިކަލް ސްޓޯރީޒް އަދި ހިއުމަން އިންޓްރެސްޓް ގެސްޓުންގެ ވާހަކަތައް މީގެ ކުރީގެ ސީޒަންގައިވަނީ ގެނެސްދީފައެވެ.
ޝޯގެ ޓީޒަރވެސް މިހާރު ވަނީ ދައްކާލާފައެވެ. ޓީޒަރއިން ފެންނީ ވޭތުވެދިޔަ 19 އަހަރު ޝޯއަށް ލިބުނު ކާމިޔާބުތަކެވެ. މީގެއިތުރުން ޓެއިލަރ ސްވިފްޓް، ޖޫލިއާ ރޮބާރޓްސް، ޖޯޖް ކްލޫނީ، މިޝައިލް އޮބާމާ އަދި ޖަސްޓިން ޓިމްބަލޭކް ފަދަ މަޝްހޫރު މީހުންގެ ފުޓޭޖަތައްވެސް ޓީޒަރގައި ދައްކާލައެވެ. ޝޯގެ ފައިނަލް ސީޒަން ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަދުވަހުއެވެ.
The Farewell Season starts September 13th. pic.twitter.com/IV0TcvsZMo
— Ellen DeGeneres (@TheEllenShow) August 9, 2021
މި ޝޯ އަކީ 2003 ވަނަ އަހަރުން ފެށިގެން ޓެލެ ޕިކްޗާރސްއިން ޕްރޮޑިއުސްކޮށް ގެނެސްދިން ބެލުންތެރިންގެ މަޤުބޫލުކަން ހޯދާފައިވާ ޝޯ އެކެވެ.
3000ށް ވުރެ ގިނަ އެޕިސޯޑް ގެނެސްދީފައިވާ މި ޝޯ ވަނީ 171 ޑޭޓައިމް އެމީ އެވޯޑާއި 61 އެމީ އެވޯޑް ހޯދާފައެވެ. އެމީ އެވޯޑްގެ ތެރޭގައި "ދަ އޮޕެރާ ވިންފެރީ ޝޯ" ވެސް ފަހަތަށް ޖައްސާލުމަށްފަހު އައުޓްސްޓޭންޑިން ޓޯކް ޝޯގެ އެވޯޑް 4 ފަހަރަށް، އައުޓް ސްޓޭންޑިން ޓޯކް ޝޯ އެންޓަރޓެއިންމަންޓްގެ އެވޯޑް 7 ފަހަރަށް އެލެންގެ ޝޯ ވަނީ ހޯދާފައެވެ.
ޝޯގެ 18 ވަނަ ސީޒަން ޕްރިމިއަރ ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ކޮމެޑީ އާއި މިޔުޒިކް އަދި އެކި ކަހަލަ ފަންނާނުން ގެނެސްދޭ މި ޝޯގައި ބައިވެރިންނަށް ތަފާތު އިނާމުތައް ލިބޭ ކުޅިވަރުތައްވެސް ހުޅުވާލައެވެ.