އިންގްލިޝް ޕްރިމިއަރ ލީގުގެ އާސެނަލްއަށް ކުޅޭ ޖޯ ވިލޮކް ނިއުކާސްލްއަށް ގެންދިއުމާއި ގުޅޭގޮތުން އެދެކްލަބްގެ މެދުގައި އެއްބަސްވުމަކަށް އާދެވިއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނިއުކާސްލްއިން ވިލޮކް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 މިލިއަން ޕައުންޑަށް ވުރެ މަތީ ފީ އެއް ދެއްކުމަށްފަހުއެވެ.
ވިލޮކްވަނީ މިނިމުނު ސީޒަންގެ ފަހު ބައިގައި ލޯން އެއްބަސްވުމެއްގެ ދަށުން ނިއުކާސްލްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ނިއުކާސްލްގެ ކޯޗް ސްޓީވް ބުރޫސް އަންނަނީ ވިލޮކް އެޓީމަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ވިލޮކް ވަނީ މިދިޔަ ސީޒަންގައި ނިއުކާސްލް ރެލިގޭޝަނުން ސަލާމަތް ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ޖެހިޖހެިގެން ހަތް މެޗްގައި އޭނާވަނީ ނިއުކާސްލްއަށް ލަނޑު ޖަހާދީފައެވެ.
އާސެނަލް އާއި ޓޮޓްނަމް ހޮޓްސްޕަރގެ މެދުގައި ކުޅުނު ރަހްމަތެރިކަމުގެ މެޗްގައި ވިލޮކް ނުފެނުމުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދޭން އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ވަނީ ދެކޮޅު ހަދާފައެވެ. ވިލޮކްގެ ބަދަލުގައި އާސެނަލްއިން އަންނަނީ ލެސްޓަރ ސިޓީގެ ޖޭމްސް މެޑިސަން އެކްލަބަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.