ޚަބަރު

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި


9 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހދ. ކުޅުދުއްފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 57 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.މި މީހާ ހައްޔަރުކޮށްފައިވަނީ، އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ތަފާތު އެކި ދުވަސްތައް މަތިން ކުޑަ އަންހެން ކުއްޖަށް ޖިންސީ ގޯނާކުރިކަމަށް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހު ކަމަށް ފުލުހުން ހާމަކުރެއެވެ.އަދި މި މީހާގެ ބަންދަށް ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.މި މައްސަލަ ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.