މުނިފޫހިފިލުވުން

"ސްޓްރޭންޖަރ ތިންގްސް 4" ދެން ބެލޭނީ އަންނަ އަހަރު


ބޮޑު ތަރުޙީބެއްލިބިފައިވާ ނެޓްފްލިކްސް ސުޕަރނެޗުރަލް ސިރީޒް "ސްޓްރޭންޖަރ ތިންގްސް 4" ރިލީޒްކުރުން އަންނަ އަހަރަށް ފަހަތަށް ޖައްސާލާއިފިއެވެ. މިކަން ޢިޢުލާނުކޮށް ނެޓްފްލްކްސްއިން ވަނީ ސީރީޒްގެ ޓީޒަރ އެއްވެސް ދައްކާލާފައެވެ.

މި އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ތައްޔާރުވަމުންދިޔަ މި މި ސީރީޒް އަންނަ އަހަރަށް މި ފަސްކުރީ ކޯވިޑްގެ ބަލިމަޑުކަމާއި ހެދިގެން ބައެއް މަސައްކަތްތައް އަދިވެސް ނުނިމޭތީއެވެ. ނަމަވެސް ރިލީޒްކުރާނެ ވަކި ތާރީޚެއް ނެޓްފްލިކްސުން އަދި ނުބުނެއެވެ.

2016 ވަނަ އަހަރު ޖުލައިމަހު ދައްކަން ފެށި މި ސީރީޒްއަކީ ސައިންސް ފިކްޝަން ހޮރޯ ޑްރާމާއެކެވެ. މިހާތަނަށް 3 ސީޒަން ގެނެސްދީފައިވާ މި ސީރީޒްގެ ފުރަތަމަ ސީޒަންގައި 8 އެޕިސޯޑް ގެނެސްދީފައިވެއެވެ. ދެ ވަނަ ސީޒަންގައި ވަނީ 9 އެޕިސޯޑް އަދި 3 ވަނަ ސީޒަންގައިވެސް 8 އެޕިސޯޑްވަނީ ގެނެސްދީފައެވެ.
މިއާއެކު ސީރީޒްގެ ޖުމްލަ 25 އެޕިސޯޑް ވަނީ މިހާތަނަށް ގެނެސްދީފައެވެ.

ބޮޑު ކާސްޓެއް ހިމެނޭ ސީރީޒްގައި ޑޭވިޑް ހާބާ، ވިނޯނާ ރައިޑާ އަދި މިލީ ބޮބީ ބްރައުން ފަދަ މަޝްހޫރު ތަރިން ވެސް ހިމެނެ އެވެ.