ޚަބަރު

ބިމާއި ބެހޭ ޤާނޫނަށް ގެނައި އިޞްލާޙު ތަސްދީޤު ކުރައްވައިފި


ބިން ވިއްކޭނެ އަގުތަކާއި އުޞޫލުތައް ކަނޑައެޅުމުގެ ބާރު ސަރުކާރަށް
ލިބޭގޮތަށް ބިމާބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ
ތަސްދީޤް ކުރައްވައިފިއެވެ. 

ބިމާބެހޭ ޤާނޫނު މިހާރު އޮންނަ ގޮތުން ބިން ވިއްކޭނެ
އަގުތަކާއި ޢުޞޫލު ކަނޑައެޅުމުގެ ބާރެއް ސަރުކާރަކަށް ނޯވެއެވެ. 

ނަމަވެސް
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ބިމާބެހޭ
ޤާނޫނަށް ހުށައެޅުއްވާ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އިޞްލާޙުގައި ވަނީ ހައުސިން މިނިސްޓްރީން
ކަނޑައަޅުއްވާ ވަކި ޚާއްޞަ އުޞޫލެއް ނުވަތަ ޤަވާޢިދެއްގެ ދަށުން މެނުވީ ބިން
ނުވަތަ ގޯތި ނުވިއްކޭ ނެކަމަށެވެ. 

އަދި އެއްމެދު ޢިމާރާތެއް ނުވަތަ އެއްމެދު
ޢިމާރާތެއްގެ ފުލެޓު ގަންނަ ފަރާތަކީ ދިވެހި ރައްޔިތެއް، ނުވަތަ ރަޖިސްޓްރީކޮށްފައިވާ
ކުންފުންޏެއްގެ ސައްތައިން ސައްތަ ޙިއްޞާދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ
ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވާން ޖެހޭ ކަމަށާއި ނުވަތަ
ރާއްޖޭގައި ރަޖިސްޓުރީ ކޮށްފައިވާ ސައްތައިން އިންސައްތަ ދިވެހި ޖަމްޢިއްޔާއެއް
ނުވަތަ ޖަމާޢަތަކަށްވާން ޖެހޭ ކަމަށްވެސް އިޞްލާޙުގައިިވެއެވެ. 

މިއިޞްލާޙު
ތަސްދީޤް ކުރެއްވުމާއި ގުޅިގެން ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ.