ޚަބަރު

ޑި ބްރައިނަރއާއި ފޯޑަން އައު ސީޒަން ފެށޭއިރު އަނިޔާގެ ސަބަބުން ފެނުން ދުރު - ޕެޕް


އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ކުޅޭ ބެލްޖިއަމްގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ކެވިން ޑި ބްރުއިނަރ އާއި އިންގްލަންޑްގެ ޒުވާން ކުޅުންތެރިޔާ ފިލް ފޯޑަން އަނިޔާގެ ސަބަބުން އާ ސީޒަން ފެށޭއިރު ނުފެނިދާނެކަމަށް އެޓީމްގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.

ޕެޕް ހާމަކުރިގޮތުގައި މިދެ ކުޅުންތެރިންނަށްވެސްވަނީ ޔޫރޯ 2020 ގައި ކުޅުމުގެ ތެރޭގައި އަނިޔާވެފައެވެ. އަދި އެހެން ކަމުން މިދެކުޅުންތެރިންވެސް އަދި މުޅިން ފިތް ނުވާކަމަށް މަޢުލޫމާތުދެއެވެ. ޑި ބްރުއިނަރގެ ފަޔަށްވަނީ ޔޫރޯގައި ބެލްޖިއަމްއަށް ކުޅުނުއިރު އަނިޔާވެފައެވެ. އަދި އިޓަލީ އާއި ދެކޮޅަށް ބެލްޖިއަމް ކުޅުނު ކްއާޓަރ ފައިނަލް މެޗްގައި އޭނާ ކުޅެފައިވަނީ އެއަނިޔާގައި ހުރެގެންނެވެ. އަދި ފޯޑަންއަށް އަނިޔާވެފައިވަނީ އިންގްލަންޑް ޓީމަށް ކުޅުމުގެ ތެރޭގައެވެ. ޔޫރޯގެ ކުރީ ކޮޅު އިންގްލަންޑްގެ ފުރަތަމަ އެގާރައިގާ ހިމެނުނު ނަމަވެސް އޭނާއަށް ލިބުނު އަނިޔާއާއެކު ފައިނަލް މެޗްގައިވެސް އޭނާ ފެނިގެން ގޮސްފައެއް ނުވެއެވެ.

މީގެއިތުރުން އިންގްލަންޑްގެ ކްލަބް ސީޒަން ފެށުމުގެ ގޮތުން އިންގްލިޝް ޕްރިމިއަރ ލިގުގެ ޗެމްޕިއަން ސިޓީ އާއި އެފް އޭ ކަޕްގެ ޗެމްޕިއަން ލެސްޓަރ ސިތީގެ މެދުގައި ރޭ ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗްގައިވެސް މިދެކުޅުންތެރިން ޓީމްގައި ހިމެނިފައެވެއް ނުވެއެވެ. އާ ސީޒަންގައި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗްގައި ސިޓީ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ރަށުން ބޭރުގައި ޓޮޓްނަމް ހޮޓްސްޕަރ އާއެވެ.