ޚަބަރު

އަންހެނުންގެ 400 މީޓަރު ހަރޑްލްސްއިން މެކްލޯލިން ދުނިޔޭގެ ރިކޯޑް ޤާއިމުކޮށްފި


ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް މުބާރާތުގެ އެތްލެޓިކްސް އިވެންޓުގެ އަންހެނުންގެ 400 މީޓަރު ހަރޑްލްސް ބައިން އެމެރިކާގެ ސިޑްނީ މެކްލޯލިން ދުނިޔޭގެ އައު ރިކޯޑެއް ޤާއިމްކޮށްފިއެވެ. މި ރިކޯޑް ކުރިންވެސް އޮތީ އޭނާ އަތުގައެވެ.

މެކްލޯލިން މިރޭސް ނިންމާފައިވަނީ ފަންސާސް އެކެއް ޕޮއިންޓް ހަތަރެއް ހައެއް ސިކުންތުންނެވެ. މިބައިން ދެވަނައަށް ދިޔައީ އެންމެ ފަހުން ބޭއްވި ރިއޯ އޮލިމްޕިކްސްގައި މިބައިން ރަން މެޑަލް ހާސިލް ކުރި އެމެރިކާގެ ޑަލީލާހް މުހަންމަދެވެ.

އޭނާއަށް ރޭސް ނިންމުނީ ފަންސާސް އެކެއް ޕޮއިންޓް ފަހެއް އަށެއް ސިކުންތުންނެވެ. އަދި މިބައިން ތިންވަނައަށް ދިޔައީ ނެދަލަންޑްސްގެ ފެމްކޭ ބޯލްއެވެ. ރޭހަށްފަހު ވާހަކަދައްކަމުން މެކްލޯލިން ހާމަކުރި ގޮތުގައި އަދިވެސް މިކަން ޤަބޫލުކުރަން ދަތިކަމަށާއި ނަމަވެސް ހޯދުނު މި ކާމިޔާބީއާމެދު އޭނާ ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.

އަންހެނުންގެ 400 މީޓާރު ހަރޑްލްސްގެ ދުނިޔޭގެ ރިކޯޑް މުގުރާނުލެވި 16 އަހަރު ދުވަހު އޮތް ނަމަވެސް މިވީ ދެ އަހަރުގެ ތެރޭގައި މެކްލޯލިންއާއި ޑަލީލާހް ވަނީ ވޭތުވެދިޔަ އެއަހަރުގެ ތެރޭގައި މިބައިން ދުނިޔޭގެ ރިކޯޑް ފަސް ފަހަރެއްގެ މަތިން މުގުރާލާފައެވެ.

ފިރިހެނުންގެ 400 މީޓާރު ހަރޑލްސްއިން ނޯވޭގެ ކަރސްޓެން ވޯހޯލްމްވެސް ވަނީ ދުނިޔޭގެ ރިކޯޑް މުގުރާލާފައެވެ.