ޚަބަރު

އެކަނިވެރި މައިންނަށް ރައީސްގެ ދެކަނބަލުންގެ ޙާއްޞަ ޢިނާޔަތެއް


އެކަނިވެރި މައިންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ފަރާތްޕުޅުން ޚާއްޞަ ޢިނާޔަތެއް ދެއްވަން ފަށްޓަވައިފިއެވެ.މިއީ ދަޢުލަތުގެ މާލިއްޔާގެ ފައިސާ ނޫންކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އޮފީހުން ވިދާޅުވެއެވެ.މިއަދު ދޫކުރައްވަން ފެއްޓެވި މިޢިނާޔަތް ދެއްވަނީ، އެ މަންމައެއްގެ ދަރިންގެ ތެރެއިން އަށާރަ އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް އެއްހާސް ރުފިޔާގެ މަގުންނެވެ.މިޢިނާޔަތް ދެއްވުމުގައި އެކަނިވެރިންގެ މައިންގެ ލިސްޓަކަށް ބައްލަވަނީ، އެންސްޕާގެ އެކަނިވެރި މައިންގެ ލިސްޓުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ލިސްޓަަށެވެ. މިފައިސާ ދޫކުރެވޭނީ ޚާއްޞަ އިންތިޒާމުތަކެއްގެ ދަށުން މުލީއާގެއިންނެވެ.މިއަދު ދޫކުރައްވަން ފެއްޓެވި އިނާޔަތް މިއަދު މެންދުރާ ހަމައަށް 125 އެކަނިވެރި މައިންނަށް ދޫކުރެއްވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އޮފީހުން މަޢުލޫމާތު ދެއްވައެވެ. އެފަރާތްތަކަށް 213000 ރުފިޔާ ދޫކުރައްވާފައިވެއެވެ.މި ފައިސާއާ ޙަވާލުވާން ދާއިރު މަންމަގެ އައިޑީކާޑާއި، ދަރިންގެ އައިޑީކާޑު ގެންދަންޖެހެއެވެ.