ޚަބަރު

މަސްއޫދަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި


ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ދަނގަޑުބުރިއަކުން ރޭ ހަމަލާދިން މައްސަލާގައި ޝާމިލުވި މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ލ.ފޮނަދޫގައި ދަނގަޑުބުރިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައެއް ރޭ 21:13 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މިމާރާމާރީގައި 35 އަހަރުގެ ދިވެހި ފިރިހެނަކަށް އެކި ވަރުގެ އަނިޔާވެގެން ފޮނަދޫ ޞިއްޚީ މަރުކަޒުން ފަރުވާ ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.

މިމާރާ މާރީއާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 36 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ދަންވަރު 2:18 ހާއިރު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބަލާ މިފަދަ މައްސަލަތަކުގައި ނަންތައް ހާމަ ނުކުރިނަމަވެސް މިހަމަލާގައި އަނިޔާވެފައިވަނީ މަސްއޫދަށްކަން ވަނީ ކަށަވަރުވެފައެވެ. ލ.ފޮނަދޫގައި މިހާރު ދިރިއުޅެމުންދާ މަސްއޫދުގެ ކާރުގައިވެސް މިދިޔަ އަހަރު ވަނީ ރޯކޮށްލާފައެވެ.