 
					
									
			މިއަހަރު އޭޕްރީލް މަހު ސިނަމާތަކުގައި ރިލީޒްކުރި މާޓިން ޕްރަކާތުގެ މަލަޔާލަމް ފިލްމު "ނަޔަތޫ" ތިން ބަހަކުން ރީމޭކް ކުރާނެއެވެ. ކެރެލާގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ތަމަޅަ، ތެލުގޫ އަދި ހިންދީ ރީމޭކްވެސް އުފައްދާނެކަމަށް ޑައިރެކްޓަރ މާޓިން ބުނެއެވެ. 
މި ފިލްމުގެ ހިންދީ ރީމޭކް ގަނެފައިވަނީ ބޮލީވުޑް އެކްޓަރ އަދި ޕްރޮޑިއުސަރ ޖޯން އަބްރަހަމްއެވެ. މިއީ ޖޯންގެ ޕްރޮޑަކްޝަން ހައުސް، ޖޭއޭ އެންޓަރޓެއިންމަންޓުން ރައިޓްސް ގަންނަ މަލަޔާލަމް ދެވަނަ ފިލްމެވެ. މީގެ ކުރިން ޖޯން ރައިޓްސް ގަނެފައިވާ މަލަޔާލަމް ފިލްމަކީ "އައްޔަޕަނުމް ކޮޝިޔުމް" އެވެ. 
		
			"ނަޔަތޫ" ގެ ތެލުގޫ ރީމޭކްގެ ރައިޓްސް ގަނެފައިވަނީ ގީތާ އާރޓްސް ބެނަރގެ ދަށުން ތެލުގޫ އެކްޓަރ އަލޫ އަރުޖުން އެވެ. އަދި ތަމަޅަ ރީމޭކް ޑައިރެކްޓްކުރާނީ ގޯތަމް ވަސޫދޭވް މެނޮން އެވެ. 
"ނަޔަތޫ" ރިލީޒްކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް 8 ވަނަ ދުވަހުއެވެ. ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ފިލްމު މާބޮޑަށް ހިނގާގޮތް ނުވުމުން މެއި މަހު ފިލްމު ވަނީ ނެޓްފްލިކްސް އިން ބެލޭނެގޮތް ހަދާފައެވެ. މި ފިލްމަށް ބެލުންތެރިންނާއި ކްރިޓިކްސްގެ ތަޢުރީފް ލިބިފައެވެ.