ޚަބަރު

ފެތުމުގެ 4 ގުނަ 100 މީޓަރު ރިލޭއިން އެމެރިކާއިން ރަން މެޑަލް ހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ފެތުމުގެ ފިރިހެނުންގެ ހަތަރެއް ގުނަ 100 މީޓަރު މެޑްލީ ރިލޭއިން އެމެރިކާއިން ރަން މެޑަލް ހާސިލްކޮށްފިއެވެ. އެޓީމް މިބައިން ރަން މެޑަލް ހާސިލްކުރީ ތިން މިނެޓް ސައްބީސް ޕޮއިންޓް ހަތެއް އަށެއް ސިކުންތުންނެވެ. މިއީ މިބައިން ދުނިޔޭގެ އާ ރިކޯޑެކެވެ.

މިބައިން ދެވަނައަށް ދިޔައީ އިނގިރޭސިވިލާތުގެ ޓީމެވެ. އެޓީމަށް ރޭސް ނިންމުނީ އެމެރިކާ ޓީމަށްވުރެ ސުމެއް ޕޮއިންޓް ހަތެއް ތިނެއް ސިކުންތު ލަހުންނެވެ. އަދި ތިންވަނަ ހާސިލްކުރީ އިޓަލީވިލާތެވެ. މިކާމިޔާބީއާއު އެމެރިކާގެ ޓީމްގައި ހިމެނުނު ސައިލެބް ޑްރެސެލްވަނީ މިފަހަރުގެ އޮލިމްޕިކްސްގައި ފަސްވަނަ ރަންމެޑަލް ހާސިލްކޮށްފައެވެ. އަދި މިއާއެކު އޭނާ ވެގެން ގޮސްފައިވަނީ އެމެރިކާގެ މައިކަލް ފެލްޕްސް، މާރކް ސްޕިޓްޒް، މެޓް ބިއޮންޑީ އަދި ހުޅަނގު ޖަރުމަނުގެ ކްރިސްޓިން އޮޓޯ އާއެކު އޮލިމްޕިކްސްގެ އެއް މުބާރާތެއްގައި ފަސް ރަންމެޑަލް ހާސިލް ކުރި ކުޅުންތެރިންގެ ތެރޭގައެވެ.

ޑްރެސްޑެލްވަނީ މިރޭހުގެ ކުރިން އޮތް ފަންސާސް މީޓަރުގެ ފިރިހެނުންގެ ފްރީ ސްޓައިލް ބައިގެ ރޭސްއޮލިމްޕިކް ރިކޯޑަކާއެކު ކާމިޔާބުކޮށްފައެވެ. އެއީ އެކާވީސް ޕޮއިންޓް ސުމެއް ހަތެއް ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ ދެން ރަން މެޑަލް ހާސިލްކޮށްފައިވަނީ 100 މީޓަރު ފްރީސްޓާއިލް ބައިންނާއި 100 މީޓަރު ބަޓަރފްލައި އިވެންޓުންނާއި އަދި 4 ގުނަ 100 މީޓަރު ފްރީށްޓައިލް ރިލޭއިންނެވެ.