ޚަބަރު

ރޭޖަރސްއިން އާ ސީޒަންގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި


ސްކޮޓިޝް ޕްރިމިއަރޝިޕްގެ އެންމެފަހުގެ ޗެމްޕިއަން ރޭންޖަރސްއިން އާސީޒަންގެ ފުރަތަމަ މެޗް ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ. ރޭންޖަރސް އާސީޒަންގެ ފުރަތަމަ މެޗް ކާމިޔާބުކުރީ ލިވިންގްސްޓަން އާއި ބައްދަލުކޮށް 3 ލަނޑު ސުންލަނޑުންނެވެ.

ރޭންޖަރސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ރޭންޖަރސްއެވެ. ސްޓީވެން ޖެރާޑްގެ ކޯޗްކަމުގެ ދަށުން ކުޅެމުންދާ ރޭންޖަރސްއިން މިމެޗްގައި ޖެހި ފުރަތަމަ ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ޖަހާފައިވަނީ އިއާނިސް ހާޖީއެވެ. މިމެޗްގައި ރޭންޖަރސްގެ ދެވަނަ ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހާދިނީ ސްކޮޓް ރައިޓްއެވެ. އަދި ފަހު ލަނޑު މެޗްގެ ފަހު މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ކެމާ ރޫފަރއެވެ.

މިމެޗްގައި ރޭންޖަރސްގެ ފުރަތަމަ ލަނޑު ޖަހާދިނިން ރުމޭނިއާގެ ފޯވަޑް ހާޖީއަށް އަނިޔާވެގެން ބާލަން ޖެހުމާ ގުޅިގެން މިއަންނަ އަންގާރަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގު ކޮލިފައިންގ ގައި އޭނާއަށް ކުޅޭވޭނެކަމަކަށް ނުބެލެވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޖެރާޑް ހާމަކުރިގޮތުގައި ހާޖީއަށް އަންގާރަ ދުވަހުގެ ރޭގެ މެޗަށް ފިޓް ވުމުގެ ފުރުސަތު ކުޑަކަމަށެވެ. ނަމަވެސް ހާޖީގެ ބަދަލުގައި ކުޅެން އަރާ މިމެޗްގައި ލަނޑުވެސް ޖެހި ސްކޮޓް އެތަން ފޫބައްދާނެކަމަށް އޭނާ ހާމަކުރިއެވެ. އަދި ޕްރީ ސީޒަންގައި ސްކޮޓްވަނީ ވަރަށް ރަނގަޅަށް ޕަރފޯމް ކޮށްފައިކަމަށްވެސް އޭނާ ހާމަކުރިއެވެ.