ޚަބަރު

ބެއިލީ ގެންދިއުމާއި ގުޅޭގޮތުން ވިލާއިން ލެވަކޫސެން އާއިއެކު އެއްބަސްވުމަކަށް އާދެވިއްޖެ


ޖަރުމަނު ބުންޑަސްލީގާގެ ބަޔަރ ލެވަރކޫސެންއަށް ކުޅޭމުންދާ ޖެމެއިކާގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ލިއޮން ބެއިލީ ގެންދިއުމާމެދު އިންގްލިޝް ޕްރިމިއަރ ލީގުގެ އެސްޓަން ވިލާ އާއި ލެވަކޫސެންގެ މެދުގައި އެއްބަސްވުމަކަށް އާދެވިއްޖެއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި މިހާރު ބާކީ އޮތީ މެޑިކަލް ހެދުމާއި ވިލާ އާއި އެކު ބެއިލީ އަމިއްލަ ނިންމުންތަކަށް އެއްބަސްވުމެވެ. ބެއިލީ ވެގެންދާނީ މިސީޒަންގައި ވިލާއަށް ގެންދާ ތިންވަނަ ކުޅުންތެރިޔާއަށެވެ. މިގޮތުން މީގެކުރިން ވިލާއިންވަނީ ނޯވިޗް ސިޓީގެ އެމިލިއާނޯ ބުއެންޑިއާ އާއި އިންޓަރ މިލާނުން އޭޝްލީ ޔަންގް އެޓީމަށް ގެންގޮސްފައެވެ. ނަމަވެސް ވިލާގެ އެންމެ މުހިންމު ކުޅުންތެރިޔާ އަދި ކެޕްޓަން ޖެކް ގްރީލިޝް ގެންދިއުމުގެ މަސައްކަތް މެންޗެސްޓަރ ސިޓީއިންވަނީ ފަށާފައެވެ.

މިހާރުވަނީ އިނގިރޭސިވިލާތުގެ ރިކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޕައުންޑްގެ އަގެއް ވިލާއަށް ހުށަހަޅާފައެވެ. އަދި އިނގިރޭސި މީޑިއާ ތަކުން ހާމަކުރާގޮތުގައި ވިލާއިން ދަނީ މިއަގަށް ގްރީލިޝް ދޫކޮށްލުމާމެދު ވިސްނަމުންނެވެ. އަދި މިއަގަށް ވިލާއިން އެއްބަސްވާނެކަމަށްވެސް ހަބަރުތަށް ލިބެއެވެ. ނަމަވެސް ގްރީލިޝް ސިޓީއަށް ދާން ބޭނުންތޯ މިއީ ޔަގީން ނުކުރެވިވާކަމެކެވެ.

މިއަގަށް ގްރީލިޝް ސިޓީއަށް ގުޅިއްޖެނަމަ އޭނާ ވެގެންދާނީ އިނގިރޭސި ކްލަބަކުން ގަން އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. މީގެކުރިން އެންމެ އަގުބޮޑުކޮށް އިނގިރޭސި ޓީމަކުން ގަނެފާވަނީ މެންޗެސްޓަރ ޔުނައިޓެޑުން 89 މިލިއަން ޕައުންޑާށް ޕޯލް ޕޮގްބާއެވެ.