ޚަބަރު

ގެއެއްގެ ތެރޭގައި މާރާމާރީ ހިންގައިގެން ބަޔަކު ހައްޔަރުކޮށްފި


މާލޭގެ ގެއެއްގެ ތެރޭގައި މާރާމާރީ ހިންގައިގެން 5 މީހަކު ހައްޔަރުކޮށްފިއެވެ.






ފުލުހުން ވިދާޅުވީ މި 5 މީހުން ހައްޔަރުކޮށްފައިވަނީ މިއަދު ފަތިހު 05:50
ހާއިރު ފުލުހުންނަށް ހުށަހެޅުނު މަރާމާރީގެ މައްސަލައަކާ ގުޅިގެންކަމަށެވެ. މި
މާރާމާރީގައި އެކަކަށް އަނިޔާލިބިފައިވާއިރު އޭނާގެ ޙާލު ސީރިއަސް ނޫންކަމަށް ފުލުހުން
ވިދާޅުވެއެވެ.





ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން މި މާރާމާރީ އަކީ
ދެބެއިންގެ ދެމެދުގައި އުފެދުނު މައްސަލައަކާ ގުޅިގެން ހިންގާފައިވާ މާރާމާރީއެއްކަމަށެވެ. މިމައްސަލަ އާއި ގުޅިގެން މާރާމާރީ ހިންގިގެ ބަލައި
ފާސްކުރިއިރު އެގޭތެރެއިން 24 ފުޅި ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުން
މައުލޫމާތުދެއެވެ.