ޚަބަރު

ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫ.އޭ.އީގެ ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު މާލެ ވަޑައިގެންފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، ޔޫ.އޭ.އީއަށް ވަޑައިގަތީ މިދިޔަ އަންގާރަދުވަހުއެވެ.

ޔޫއޭއީގެ އިތުރުން، ސްރީލަންކާއަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަހުގެ ތެރޭގައި ނުރަސްމީ ދަތުރުފުޅެއްކުރައްވާފައެވެ. އެ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ ރައީސް ޞާލިހު ބައްދަލުކުރެއްވިއެވެ.