ކުޅިވަރު

ޖޫނިއަރ ނެޓްބޯޅަަ ޓީމް މިމަހުގެ އެގާރާގައި ފުރަނީ


މިމަހުގެ ސާދައިން ވިއްސަށް
ހޮންކޮންގގައި ބޭއްވުމަށް ހަޖެހިފައިވާ 9ވަނަ އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި
ވާދަކުރާ ޓީމް މިމަހުގެ އެގާރަވަނަ ދުވަހު ފުރާނެކަމަށް ނެޓްބޯޅަ އެސޯސިއޭޝަން
އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ. 

ނެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި މި
މުބާރާތަށް މިދިޔަ އޮގަސްޓްމަހުން ފެށިގެން ދިވެހި އެކާވީސް އަހަރުން ދަށުގެ ޓީމް
އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުން ކަމަށެވެ. 

މީގެ މަހެއްހާ ދުވަސް ކުރިން ފައިނަލް ސްކޮޑް އިއުލާންކޮށް ޓީމުގެ ފަރިތަކުރުންތައް
ކޮންމެ ދުވަހަކު ހެނދުނު ކުރިއަށްގެންދާ ކަމަށާއި، ޓީމް މި މުބާރާތަށް ވަރަށް
ރަނގަޅަށް ތައްޔާރުވަމުން އަންނަކަމަށެވެ.

އެކާވީސް އަހަރުން ދަށުގެ ނެޓްބޯޅަ ޓީމްގެ
ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކުޅުންތެރިޔާ އައިމިނަތު ހަލީމެވެ. ބާރަ
ގައުމު ވާދަކުރާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. 

މި ގްރޫޕްގައި
ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ޖަޕާން އަދި މެލޭޝިޔާއެވެ.