ޚަބަރު

ސްޕަރސްއާއި ޑޮންސް ބައްދަލުކުރި މެޗު ސްޕަރސް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރއާއި ލީގް ވަންގެ އެމްކޭ ޑޮންސް ބައްދަލުކުރި ރަޙްމަތްތެރިކަމުގެ މެޗް ސްޕަރސް ކާމިޔާބުކޮށްފިއެވެ. މި މެޗު ސްޕަރސް ކާމިޔާބުކުރީ ތިން ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 6 ވަނަ މިނެޓުގައި ޑޮންސްއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ނަމަވެސް މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 35ވަނަ މިނެޓުގައި ޖަހާދިނީ ސްޕަރސްގެ ހުނަރުވެރި ފޯވަޑް ސޮން ހިއުންގ މިންއެވެ. އަދި ދެވަނަ ލަނޑު މެޗުގެ 57ވަނަ މިނެޓުގައި ޖަހާދިނީ ޑެލީ އަލީއެވެ. އަދި ސްޕަރސްގެ ތިންވަނަ ލަނޑު މެޗުގެ 81ވަނަ މިނެޓުގައި ޖަހާދިނީ ލޫކަސް މޯރާއެވެ. މިތިން ކުޅުންތެރިންވަނީ ސްޕަރސް އެންމެ ފަހުން ކޮލްޗެސްޓަރއާއި ބައްދަލުކޮށް 3 ލަނޑު ސުން ސުންލަނޑުން މޮޅުވި މެޗުގައިވެސް ލަނޑު ޖަހާދީފައެވެ. މި މެޗުގައި ޑޮންސްގެ ހަމައެކަނި ލަނޑު މެޗްގެ 84ވަނަ މިނެޓުގައި ޖަހާދިނީ ފްރީމަންއެވެ.

ސްޕަރސްގެ ކޯޗުކަމާއި ވަރަށް ފަހުން ހަވާލުވި ނޫނޯ އެސްޕިރިޓޯ ސަންޓޯގެ ބެލުމުގެ ދަށުން މިހާތަނަށް ސްޕަރސް ކުޅުނު ތިން މެޗުގައި ބަލިވެފައެއްނުވެއެވެ.

މީގެ އިތުރުން ލެސްޓަރ ސިޓީއާއި ވައިކޮމްބް ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ ވައިކޮމްބްއެވެ. އަދި ލީޑްސް ޔުނައިޓެޑާއި ބްލެކްބަރން ރޯވަރސް ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުންވީ އެއްވަރެވެ. އަދި ފްލޮރިޑާ ކަޕްގައި ވާދަކުރަމުންދާ އެވަޓަންއާއި ޕޫމާސް ޔޫއެންއޭއެމް ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ އެވަޓަންއެވެ.