ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފެތުމުގެ ބައިން އަންހެނުންގެ ހަތަރެއް ގުނަ ދުއިސައްތަ މީޓަރު ފްރީ ސްޓައިލް ރިލޭއިން ދުނިޔޭގެ ރިކޯޑް ޗައިނާއިން މުގުރާލައިފިއެވެ. މި ރޭސް ޗައިނާއިން ކާމިޔާބުކުރީ ހަތް މިނެޓް ސާޅީސް ޕޮއިންޓް ތިނެއް ތިނެއް ސިކުންތުންނެވެ.
މިއީ އޮސްޓްރޭލިއާއިން ޤާއިމުކޮށްފައިވާ މި ބައިގެ ދުނިޔޭގެ ރިކޯޑަށްވުރެ އެކެއް ޕޮއިންޓް އެކެއް ހަތެއް ސިކުންތު އަވަސް ވަގުތެކެވެ. މި ރޭހުން ދެވަނައަށް ދިޔައީ އެމެރިކާއެވެ. އެ ޓީމަށް ރޭސް ނިންމުނީ ހަތް މިނެޓް ސާޅީސް ޕޮއިންޓް ހަތެއް ތިނެއް ސިކުންތުންނެވެ. އަދި ތިންވަނައަށް ދިޔައީ އޮސްޓްރޭލިއާއެވެ. އެއީ ހަތް މިނެޓް ސާޅީސް އެކެއް ޕޮއިންޓް ދޭއް ނުވައެއް ސިކުންތުން ރޭސް ނިންމައިގެންނެވެ.
މީގެ އިތުރުން އަންހެނުންގެ 200 މީޓަރު ބަޓަރފްލައި ފެތުމުން ރަން މެޑަލް ހޯދީ ޗައިނާގެ ޒާންގ ޔޫފެއިއެވެ. އޭނާވަނީ އޮލިމްޕިކްސްގެ އައު ރިކޯޑެއް ޤާއިމުކޮށްފައެވެ. މި ރޭހުން ދެވަނައަށް ދިޔައީ އެމެރިކާގެ ރޭގަން ސްމިތެވެ. އަދި ތިންވަނައަށް ދިޔައީ އެމެރިކާގެ ހާލީ ފްލިކިންގަރއެވެ.