ވިޔަފާރި

މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް %0.02 ދަށަށް


މިދިޔަ މަހު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓް %0.02 ދަށަށް ގޮސްފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފިއެވެ.ރާއްޖޭގެ މުދަލާއި ޙިދުމަތުގެ އަގުގެ މައްޗަށް ބިނާކޮށް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރެފައިވާ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ނުވަތަ އިންފްލޭޝަން ހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ %0.02 ގައެވެ. ސެޕްޓެމްބަރު އިންފްލޭޝަން ހުރީ %0.04 ގައެވެ. އަދި މަހުގެ އަގަށް އައި ބަދަލު ނުހިމަނައި ބަލާނަމަ އޮކްޓޫބަރު މަހުގެ އިންފްލޭޝަން ރޭޓްހުރީ %0.05 ގައެވެ.މިދިޔަ މަހު އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މަހުގެ ބާވަތްތައް ހިމެނެއެވެ. މަހުގެ އަގުތައް ވަނީ %0.83 ދައްވެފައެވެ. އަދި އިންފޮމޭޝަން ޕްރޮސެސް ކުރަން ބޭނުންކުރާ ސާމާނު އަގުތައް ވެސް ވަނީ %3.26 ދަށްވެފައެވެ.މީގެ އިތުރުން ގޭގައި ގެންގުޅޭ ސާމާނުގެ އަގުތައް ވެސް ވަނީ %0.68 ދަށްވެފައެވެ. މީގެ އިތުރުން ސައިކަލްގެ އަގު ވެސް ވަނީ %0.70 ދަށްވެފައެވެ.އަގުތައް މައްޗަށް ދިޔަ ބާވަތްތަކުގެ ތެރޭގައި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.ތަރުކާރީގެ އަގުތައް ވަނީ %1.85 މައްޗަށް ގޮސްފައެވެ. އަދި ފިލްމް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތީގެ އަގުތައް ވަނީ %4.30 އުފުލިފައެވެ. މީގެ އިތުރުން ކިރާއީ ޗީޒް އަދި ބިހުގެ އަގުތައް ވެސް ވަނީ %0.24 އުފުލިފައެވެ.