ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ދުބާއީއަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، ޔޫ.އޭ.އީގެ ދުބާއީއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރުދުވަހުކަމަށެވެ.

މިއީ އީދު ބަންދާއި، މިނިވަން ދުވަހުގެ ބަންދުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވާ ނުރަސްމީ ދެ ވަނަ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ ދެކަނބަލުން ވަނީ މިމަހުގެ 20 ވަނަ ދުވަހު އަވަށްޓެރި ސްރީލަންކާއަށްވެސް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ.

އީދު ޗުއްޓީއާ ގުޅިގެން އަންނަމަހުގެ 1 ވަނަ ދުވަހާއި ހަމައަށް ސަރުކާރުން ވަނީ ބަންދުކޮށްފައެވެ.