ރޭ ހުޅުމާލެއިން އިވުނު ބާރުގަދަ އަޑަކީ ޓެރަހެއްގައި ވެލްޑިން ކުރުމުގެ މަސައްކަތްކުރަނިކޮށް ހިނގި އެކްސިޑެންޓަކުން އިވުނު އަޑެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ ބޯގަންވިލާ މަގު ސަރަޙައްދުގައި ރޭ 00:35 ހާއިރު ބާރުގަދަ އަޑަކާ އެކު އެއްޗެއް ގޮވުމާއި ގުޅިގެން ފުލުހުންނާއި ސިފައިން އެކުގައި މަސައްކަތް ކޮށް އެ ސަރަހައްދުގައި ތިބި މީހުންނާ ސުވާލުކޮށް ބަލަން ޖެހޭ ކަންކަން ބަލާފައިވާކަމަށެވެ.
އަދި މިހާތަނަށް ލިބުނު މަޢުލޫމާތުގައި ބާރު ގަދަ އަޑެއް ގޮވާފައިވަނީ ހުޅުމާލެ ލޮޓް ނަމްބަރު 1138 ގެ ޓެރަސް މަތީ ވެލްޑިން ކުރުމުގައި ހަރަކާތްތެރިވުމުގެ ތެރޭގައި ހިނގި އެކްސިޑެންޓަކުން ގޮވި އަޑެއްކަމަށް އެނގިފައިވާ ކަަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށެވެ.