ޚަބަރު

ނެދަލެންޑްސްގެ ކޯޗްކަމާއި ވެން ހާލް 3ވަނަ ފަހަރަށް ހަވާލުވަނީ


ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗުކަމާ ތިންވަނަ ފަހަރަށް ހަވާލުވާން ލުއީ ވެން ހާލް ނިންމައިފިއެވެ.

ތަޖުރިބާކާރު ކޯޗު ލުއީ ވެން ހާލް އެންމެ ފަހުން ކޯޗް ކޮށްދީފައިވަނީ މީގެ ފަސް އަހަރު ކުރިން އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑްއަށެވެ. ނެދަލެންޑްސްގެ ކޯޗް ކަމާއި ވެން ހާލް ތިންވަނަ ފަހަރަށް ހަވާލުވާން ނިންމާފައިވާއިރު، ނެދަލެންޑްސްގެ އެފްއޭއާއެކު އެގްރީމެންޓާ ހިސާބަށް ގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިމަހުގެ ކުރީކޮޅުން ފެށިގެން ނެދަލެންޑްސްގެ އެފްއާއެކު ވެން ހާލް އައީ މަޝްވަރާތައް ކުރަމުންނެވެ.

ނެދަލެންޑްސްއިން ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އެޓީމްގެ ކޯޗްއެއްގެ ގޮތުގައި ހުރި ފްރޭންކް ޑި ބޮއާ ނިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޓީމް ދޫކޮށްލަން ނިންމުމުންނެވެ. ޔޫރޯގައި ނެދަލެންޑްސް މުބާރަތުން އަލްވަދާޢު ކިޔަން ޖެހިފައިވަނީ މުބާރާތުގެ ގަދަ 16އިގެ ބުރުގައި ޗެކް ރިޕަބްލިކް އަތުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސެޕްޓެމްބަރ މަހު ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިން މެޗްތަކުގެ ކުރިން ވެން ހާލް ނެދަލެންޑްސް ގައުމީ ޓީމާ ހަވާލްވާނެއެވެ. އުމުރުން 69 އަހަރުގެ ވެން ހާލް ނެދަލެންސްގެ ކޯޗްކަމާއި ހަވާލުވަނީ 18 މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންކަމަށްވެސް މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.

2016ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗްކަމުން ވަކިކުރިފަހުން ވެން ހާލް އެހެން ޓީމަކަށް އިރުޝާދު ދީފައެއް ނުވެއެވެ.