ކުޅިވަރު

ޤައުމީ ވޮލީ ލީގް ޗެމްޕިއަންކަން ޕޮލިސް ކުލަބް ހޯދައިފި


  ޤައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބް ހޯދައިފިއެވެ. ޕޮލިސް
ކުލަބް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދިވެހި ސިފައިންގެ ކުލަބާއި ވާދަކޮށް
ސިދާ ތިން ސެޓުން ރޭ ކުޅުނު މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް ފަސް ސެޓަށް ދިޔަނަމަ
ޗެންޕިއަންކަން ދިވެހި ސިފައިންގެ ކުލަބަށް ލިބެން ފުރުސަތު އޮތެވެ. ނަމަވެސް 
މެޗްގެ ފުރަތަމަ ތިން ސެޓް ގެނައުމާއެކު ޕޮލިސް ކުލަބަށް ލީގް ޗެންޕިއަންކަން ވަނީ
ލިބިފައެވެ.

ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށް ޕޮލިސް ކުލަބް ލީގް ޗެމްޕިއަންކަން ކަށަވަރު ކުރިއިރު،
އެޓީމަށް ހަތް މެޗުން 18 ޕޮއިންޓް ލިބިފައިވެއެވެ. ދެވަނައަށް ދިޔަ މޯލްޑިވިއަން
ރެކްރިއޭޝަން ކުލަބަށް ލިބިފައިވަނީ ހަތް މެޗުން 14 ޕޮއިންޓެވެ. އަދި ތިންވަނައަށް
ދިޔަ ދިވެހި ސިފައިންގެ ކުލަބަށް ލިބެނީ ހަތް މެޗުން 13 ޕޮއިންޓެވެ. މިމެޗްގެ
މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ އިޝާން މުހައްމަދެވެ.



ލީގުގެ އެންމެ މޮޅު ސެޓަރަކަށް
ހޮވިފައިވަނީ ޕޮލިސް ކުލަބްގެ އިޝާން މުހައްމަދެވެ. އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރަކަށް
ހޮވިފައިވަނީ ޕޮލިސް ކުލަބްގެ މުހައްމަދު ޝާޢީންއެވެ. މުބާރާތުގެ ސެކަންޑް ބެސްޓް އައުޓް
ސައިޑް އެޓޭކަރަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބްގެ އަހުމަދު އަބްދުލް
ކަރީމްއެވެ. ބެސްޓް ބްލޮކަރަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ މުހައްމަދު އަހުސަންއެވެ. ސެކަންޑް
ބެސްޓް ބުލޮކަރަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ ހުސެއިން ސަޢީދެވެ. އެންމެ މޮޅު
އޮޕޮސިޓް ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ ހަސަން ނިލާމްއެވެ. އެންމެ
މޮޅު ލިބަރޯ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ ލިބަރޯ އަހުމަދު
ނަބީލްއެވެ. ފެއާރ ޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބްގެ
އަލީ ހުޒާމްއެވެ.



މުބާރާތުގެ 19 އަހަރުން
ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ ހަސަން ނިލާމްއެވެ.
މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ
މޯލްޑިވިއަން ރެކްރިއޭޝަން ކުލަބްގެ އާދަމް ފައިރޫޒްއެވެ. މުބާރާރުތުގެ ފެއާރ ޕްލޭ ޓީމަކީ
ޕޮލިސް ކްލަބެވެ. މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ
ކޯޗް މުހައްމަދު ސާޖިދެވެ.



މުޅި މުބާރާތުގެ އެންމެ މޮޅު
ކުޅުންތެރިއަކަށް ހޮވިފައިވަނި މޯލްޑިވިއަން ރެކްރިއޭޝަން ކުލަބްގެ އިސްމާޢީލް
ސާޖިދެވެ.