ޚަބަރު

ލެޖެންޑުންގެ މެޗު ރިއާލް ކާމިޔާބުކޮށްފި


ރިއަލް މެޑުރިޑު އަދި ބާސެލޯނާގެ ލެންޖެޑުންގެ މެދުގައި ކުޅުނު މެޗު ރިއަލް މެޑުރިޑުން ކާމިޔާބުކޮށްފިއެވެ.

މިއީ ކޮންމެ އަހަރަކުވެސް ސްޕެއިންގެ އެންމެ ބޮޑު ދެ ކުލަބުގެ މެދުގައި ކުޅޭ މެޗެކެވެ. ލެޖެންޑުންގެ މެދުގައި މިއަހަރު ކުޅުނު މެޗު ރިއަލް މެޑުރިޑުން ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ.

މިއަހަރުގެ މެޗުގައި ބާސެލޯނާގެ ޓީމަށް ކުޅެފައިވާ މުހިންމު ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑީނިއޯ، ރިވާލްޑޯ އަދި ޑެކޯ ފާހަގަކޮށްލެވެއެވެ. އަދި ރިއަލް މެޑްރިޑްގެ ޓީމަށް ކުޅެފައިވާ މުހިންމު ކުޅުންތެރިންގެ ތެރޭގައި ފީގޯ، ރޮބާޓޯ ކާލޯސް އަދި ކީޕަރު ކަސިއަސް ފާހަގަކޮށްލެވެއެވެ.

މިމެޗުގެ ތަރިއަކަށް ވެފައިވަނީ ބާސެލޯނާގެ ރޮނާލްޑީއޯއެވެ. އޭނާގެ ފަރާތުން މެޗުގައު މޮޅު ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން، ރިއަލް މެޑްރިޑްގެ ލުއިސް ފީޒޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މިއީ ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެންދާ މެޗެކެވެ. ކޯވިޑް-19ގެ ތެރޭގައި ކުޅުނު މިމެޗު ކުޅެފައިވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅައިގެންނެވެ.