ތަޢުލީމު

281 ފަރާތަކަށް ސްޓޫޑެންޓް ލޯން


މަތީ ތަޢުލީމު
ހާސިލް ކުރުމަށް ސަރުކާރުން ދެއްވާ ލޯން ސްކީމްގެ ދަށުން 281 ފަރާތަކަށް ލޯން ލިބުނު
ކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.



މަތީ ތަޢުލީމް
ހާސިލް ކުރުމަށް ތަފާތު ގިނަ ދާއިރާތަކަށް ލޯން ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި
މެޑިސިންގައި ހިމެނޭ އެމްބީބީއެސް އާއި
ޕޯސްޓް ގްރެޖުއޭޓް މެޑިސިން، އެކައުންޓިންގ، އަދި ޕައިލެޓް ޓްރެއިނިންގވެސް ހިމެނެއެވެ.



މީގެ ތެރެއިން
މެޑިސިންގެ ކޯސްތަކާއި ޕައިލެޓް ޓްރެއިނިންގ ފަދަ ކޯސް ތަކަކީ އާންމުކޮށް ލޯން
ދޫކުރާ ކޯސްތަކަށްވުރެ ޚަރަދު ބޮޑު ކޯސްތަކެއްކަން ފާހަގަ ކޮށްލެވެއެވެ.



މި ޖަލްސާގައި
ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމް ވިދާޅުވީ
ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމް ހާސިލް ކުރުމުގެ
ފުރުސަތު ދެއްވުން ކަމަށެވެ.



މި ޖަލްސާގައި
ރާއްޖެއާއި ރާއްޖޭން ބޭރުގައި ޑިގްރީއާއި މާސްޓަރޒް ޑިގްރީ ފެންވަރަށް އަލަށް
ކިޔެވުމަށް ލޯން ދޫކޮށްފައިވެއެވެ. އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް
ވަނީ ލޯން ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފައެވެ.



މިޖަލްސާގައި
ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަޒްލީން އަހުމަދު
ވިދާޅުވީ ސަރުކާރުގެ ވަޢުދެއް ކަމަށްވާ އޭލެވެލްއިން 3 މާއްދާއިން ފާސްވެފައިވާ
ދަރިވަރުންނަށް ޔުނިވަރސިޓީ ތަޢުލީމް ފޯރުކޮށްދިނުމުގެ ވައުދުގެ ވަރަށް ބޮޑު
ބައެއް މިހާރު ހާސިލް ކުރެވިފައިވާ ކަމަށެވެ.



ލޯން ލިބުނު
ފަރާތްތަކުން އެއް އަހަރު ދުވަހުގެ ތެރޭގައި މިލޯން ބޭނުންކުރަން ފަށަންޖެހެއެެވެ.
އަދި މިލޯން ދައްކަން ފަށަންޖެހެނީ ކިޔަވާ ނިމޭތާ ހަމަސްދުވަސް ފަހުންނެވެ.
ލޯންލިބުނު ބައެއް ފަރާތްތަކުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން ބުނީ
އެމްބީބީއެސްފަދަ ބޮޑު ޚަރަދެއް ހިނގާ ކޯސްތަކަށް ފަސޭހައިން ލޯން ލިބޭގޮތަށް
އޮތުމުން އެއީ ވަރަށްބޮޑު އުފަލެއް ކަމަށެވެ.



ޓަރޝަރީ ސްޓޫޑެންޓް
ލޯނަކީ ސަރުކާރުން ބޭންކު މެދުވެރިކޮށް ކޯސް ފީއާއި، އެހެނިހެން ހުރިހާ ޚަރަދެއް
ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.