ޚަބަރު

ޔޫ.ޕީ.އާރުގެ ހުށައެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ގައުމުތަކުގެ އިންސާނީ
ހައްޤުތަކުގެ ހާލަތު އޮތް ގޮތް ބެލުމަށް ޤާއިމްކޮށްފައިވާ މެކޭނިޒަމެއް ކަމަށްވާ ޔުނިވާސަލް
ޕީރިއަޑިކް ރިވިއު ( ޔޫ.ޕީ.އާރް) އިން ރާއްޖެއަށް ހުށަހަޅާފައިވާ ކަންތަކާއި
ގުޅޭގޮތުން ކަމާއި ގުޅުންހުރި ދާއިރާތަކާއި އެކު މަޝްވަރާ ފަށައިފިއެވެ.



ހިއުމަން ރައިޓްސް
ކޮމިޝަންގެ ޑިރެކްޓަރ އަހްމަދު އަމީން ވިދާޅުވީ، މި ބައްދަލުވުމުގައި،
ރާއްޖެއަށް ހުށަހަޅާފައިވާ ހުށާހެޅުންތައް ތަންފީޒު ކުރެވިފައިވާ މިންވަރާއި،
ތަންފީޒުކުރުމުގައި ދިމާވާގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް
ހަަމަޖެހިފައިވާ ކަމަށެވެ. 

ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައި ހުށަހަޅާފައިވާ އިންސާނީ
ހައްޤުތަކުގެ ދާއިރާއިން ރަނގަޅު ކުރަން ހުށަހަޅާފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ކަމާާއި
ގުޅުންހުރި އިދާރާތަކާއި އެކު މިއަދު ކުރިއަށްދާ ބައްދަލުވުމުގެ ބޭނުމަކީ ޔޫޕީއާރް
ރިކޮމެންޑޭޝަންތަކަކީ ކޮބައިކަން ދައުލަތުގެ މުއައްސަސާތަކަށް އަންގައިދީ، އެކަންތައްތައް
ތަންފީޒުކުރުމަށް މަސައްކަތް ކުރުން ކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން
މަޢުލޫމާތުދެއްވައެވެ.



ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) އަކީ އދ.ގެ މެމްބަރު ގައުމުތަކުގެ އިންސާނީ
ހައްގުތަކުގެ ހާލަތު ބެލުމަށް ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ ބައްދަލުވުމެކެވެ. 2008 ފެށި މި މަސައްކަތުގެ ދަށުން ރާއްޖޭގެ ފުރަތަމަ ރިވިއު ބާއްވާފައި
ވަނީ 2010 ވަނަ އަހަރު އެވެ.