ތިމާވެށި

"ޠޫފާން" ކުޅެން ފަރްޙާން 15 ކިލޯ ބަރުވި

ފިލްމުތަކާއި ސީރީޒްތަކުގެ ސްކްރިޕްޓާއި އެއްގޮތަށް ތަރިންގެ ހަށިގަނޑަށް ބަދަލުތައް ގެނައުމަކީ މިހާރު ވަރަށް އާއްމުކަމަކެވެ. ކުރިން އެ މަންޒަރުތައް ސްޓާރާއި ވައްތަރު މީހަކު ބޭނުންކޮށްގެން ނެގިނަމަވެސް މިހާރު ސީދާ ތަރިން އެ ރޯލަށް ބަރުވެ ހިއްކާލުމަކީ ވަރަށް އާދައިގެ ކަމަކެވެ. މި ފަދަ ތަރިންގެ ތެރެއިންވެސް އެންނެ ކުރީގައި އުޅޭ ބޮލީވުޑްގެ އެއްތަރިއަކީ ފަރްޙާން އަޚްތަރުއެވެ.

2013 ވަނަ އަހަރު ދެއްކި ސްޕޯރޓްސް ބަޔޯޕިކް ފިލްމު "ބާގް މީކާ ބާގް" ގައި މީކާ ސިންގް ގެ ރޯލު ކުޅެން ފަރުޙާންގެ ހަށިގަނޑަށް ގެނައި ބަދަލުން ގިނަ ބަޔަކު ހައިރާން ކޮށްލިއެވެ.

ފަރްޙާންގެ ކުރިއަށް އޮތް ފިލްމުން އަނެއްކާވެސް މިވަނީ ބެލުންތެރިން ހައިރާން ކޮށްލުވާފައެވެ. އިއްޔެ ރިލީޒް ކުރި ރާކޭޝް އޮމްޕްރަކާޝް މެހެރާގެ ސްޕޯރޓްސް ޑްރާމާ ފިލްމު "ޠޫފާން" ގައި ފަރްޙާން ފެންނަނީ ބޮކްސިން ކުޅުންތެރިއެއްގެ ރޯލުންނެވެ.

މި ފިލްމު ކުޅެން ފަރުޙާން ވަނީ އަނެއްކާވެސް އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ދެ ބައްޓަމަކަށް ހަށިގަނޑު ތައްޔާރުކުރަން ޖެހުނު މި ފިލްމުގައި ފަރްޙާން ފުރަތަމަ ފެނިގެންދަނީ ފަލަ މީހެއްގެ ގޮތުގައެވެ. ދުވާލެއްގެ މައްޗަށް ގާތްގަޑަކަށް 5000 ކެލޮރީގެ ކާނާ ހަށިގަނޑަށް އެތެރެކުރަން ޖެހުނެވެ. ދެވަނަ ބައިގައި ފެނުނު ފިޓް ހަށިގަނޑު ބައްޓަން ކުރަން ދުވާލަކަށް ގާތްގަޑަކަށް 1200 ކެލޮރީއަށް މަދުކުރަން ޖެހުނެވެ.

ފިލްމަށް ތައްޔާރުވި ޓްރެއިނިން ސެޝަންތަކުގެ ފޮޓޯތައް ފަރްޙާނު ދިޔައީ އޭނާގެ އިންސްޓްގްރާމްގައި ޙިއްޞާކުރަމުންނެވެ.
ފިޓްނަސް އަށް ޚާއްޞަ ސަމާލުކަމެއްދޭ ފަރްޙާން އެއްވެސް ކަހަލަ ކަސްރަތެއް ނުކޮށް ހުންނަން އުދަގޫވެސްވީ ކަމަށް އޭނާ ބުނެއެވެ. ބައެއް ދުވަސް ދުވަހު ފެޓްސް އާއި ކަބޯހައިޑްޓްރޭޓްސް ވަރަށް ގިނައިން ކާންޖެހޭ ކަމަށްވެސް ފަރްޚާނު ވަނީ ބުނެފައެވެ.
މިއާއެކު ފަރްޚާން ވަނީ 6 ހަފްތާއިން 15 ކިލޯ ބަރުވެފައެވެ.